ކ. މާލެ
|
26 ސެޕްޓެންބަރ 2020 | ހޮނިހިރު 08:26
ކޮވިޑް-19 ވެކްސިން ރެޕްރެޒެންޓޭޝަލަން ފޮޓޯ
ކޮވިޑް-19 ވެކްސިން ރެޕްރެޒެންޓޭޝަލަން ފޮޓޯ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ވެކްސިންގެ ފުރަތަމަ ޓްރަޔަލްގެ %98 ކާމިޔާބު
ތިންވަނަ ކުރިއަށްދާނީ 60،000 ވޮލަންޓިއަރުންނާއި އެކު
މި ޓްރެއަލްގައި އެމެރިކާގެ ރައްޔިތުން ބައިވެރިވުމަށް ޓްރަމްޕް އެދިވަޑައިގަންނަވާ
ޖޯންސަން އެންޑް ޖޯންސަން އިން އަމާޒުހިފާފައިވަނީ އަހަރަކު އެއް ބިލިއަން ވެކްސިން ޑޯޒް އުފައްދަން

ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ކޮވިޑް-19 ވެކްސިންގެ %98 ކާމިޔާބު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖޯންސަން އެންޑް ޖޯންސަން އަކީ ކޮވިޑް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ ހަތަރުވަނަ ކުންފުންޏެވެ. އެ ކުންފުނިން އެމެރިކާ އަދި ބެލްޖިއަމްގައި ކުރިއަށް ގެންދިޔަ ވެކްސިންގެ ފުރަތަމަ ޓްރަޔަލް ދައްކާ ގޮތުން އެއް ޑޯޒް ދިނުމުން އިމިއުން ރެސްޕޯންސް ރަނގަޅު ކަމަށް ދައްކައެވެ. އެއާ ވިދިގެން މި ވެކްސިންގެ އިތުރު ޓްރަަޔަލްތަކެއް ކުރިއަށް ގެންދަން ރައްކާތެރިކަމަށް ވަނީ ކަނޑައަޅާފައެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ތިންވަނަ ޓްރެއަލް ފަށާނެއެވެ. މި ޓްރެއަލް ކުރިއަށްދާނީ 60،000 ވޮލަންޓިއަރުންނާއި އެކުގައި ކަމަށްވެސް ވަނީ ހާމަކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ޓްރަޔަލްގައި އެމެރިކާގެ ރައްޔިތުން ބައިވެރިވުމަށް ބާރުއަޅާފައެވެ.

މިއީ ހަމައެކަނި ޝައުގުހުރެގެން ކުރާކަމެއްނޫން. މިކަން ވާނީ އަހަރުމެންގެ ގައުމަށް ފައިދާ ހުރި ކަމަކަށް. ވީހާވެސް ގިނަ ރައްޔިތުންގެ މިކަމުގައި ބައިވެރިވުމަށް އެދެން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް އިތުރަށް ވިދާޅުވީ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ ފެޑެރަލް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދިންހާ އަވަހަކަށް ވެކްސިން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިކަމުގެ ތައްޔާރީތަކަށް 200 މިލިއަން ޑޮލަރު ހަމަޖައްސަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ އަމާޒަކީ، އަހަރަކު މި ވެކްސިންގެ އެއް ބިލިއަން ޑޯޒް އުފެއްދުމެވެ. އަދި މި ވެކްސިން ކާމިޔާބުވެއްޖެނަމަ، ގިނަ ބަޔަކަށް މި ވެކްސިން ލިބޭނެ މަގުފަހި ކޮށްދޭން ކަމަށް އެ ކުންފުނިން ވަނީ މީގެކުރިން ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް