ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 22:30
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް ފަރުވާކުޑަ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް ފަރުވާކުޑަ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި
އެޑިޝަން.އެމްވީ
ކޮވިޑް-19ށް ޕޮޒިޓިވްވުން
އިތުރު 54 މީހުން ޕޮޒިޓިވްވެ، 67 މީހުން ބަލިން ރަނގަޅުވެއްޖެ
މިހާރު ވެސް 87 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން
މިހާތަނަށް ކޮވިޑް-19ގެ 9939 ކޭސް ރިޕޯޓު ކުރެވިފައި
8597 މީހަކު ބަލިން ވަނީ ފަސޭހަވެފައި

ކޮވިޑް-19ށް އިތުރު 54 މީހުން ޕޮޒިޓިވްވެ، 67 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ޕޮޒިޓިވްވި 54 މީހުންގެ ތެރެއިން 50 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން ކަމަށެވެ. އަދި 4 މީހުން ޕޮޒިޓިވްވީ އަތޮޅުތެރޭގެ ރަށްތަކުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ 30 ދިވެހިންނާއި އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 24 މީހުންނެވެ.

1301 އެކްޓިވް ކޭސް ހިމެނޭއިރު، މިހާރު ވެސް 87 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިވަގުތު ވެސް އައިސޮލޭޝަން ފެސިލިޓީގައި 645 މީހަކު އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 9939 ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. އަދި 8597 މީހަކު ބަލިން ވަނީ ފަސޭހަވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ބަޔަކު ޓެސްޓު ކުރަމުންދާއިރު، މިހާތަނަށް ރިޕީޓެޑް ސާންޕަލްތަކާއެކު ޖުމްލަ 144،928 ސާންޕަލެއް ނަގާފައިވެއެވެ.

ކޮވިޑް-19ގައި މިހާތަނަށް މަރުވެފައިވަނީ 34 މީހުންނެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް ވަނީ ކޮވިޑް-19ގެ ކޭސްތައް ފެނިފައެވެ. އެގޮތުން މިހާތަނަށް 21 ރަށަކުން 26 ރިސޯޓަކުން އެކްޓިވް ކޭސް ވަނީ ފެނިފައެވެ.

މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫ އެވެ.

ކޮވިޑް-19ގެ ކޭސްތައް މަސް ދުވަހަށްފަހު ދަށަށް ގޮސްފައިވާއިރު، ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ނުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

- ކޮމެންޓް