ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 21:46
ލުފްތަންސާ އެއަރލައިންގެ ފްލައިޓްތަކެއް
ލުފްތަންސާ އެއަރލައިންގެ ފްލައިޓްތަކެއް
އޭއެފްޕީ
ލުފްތަންސާ އިން މުވައްޒަފުން ވަކިކުރުން
ލުފްތަންސާ އިން އިތުރު މުވައްޒަފުން ވަޒީފާއިން ވަކި ކުރަނީ
އެކުންފުންޏަށް ދަނީ މަހަކު 590 މިލިއަން ޑޮލަރުގެ ގެއްލުން ވަމުން
2025 ވަނަ އަހަރަށް އެ ކުންފުނީގެ ފްލީޓްގެ އަދަދު 150 ފްލައިޓަށް މަދުކުރުމުގެ ވިސްނުން މިހާރު ގެންގުޅޭ
މީގެ ކުރިން 22،000 މީހުން ވަޒީފާ އިން ވަކިކުރި

ލުފްތަންސާ އިން އިތުރު މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ލުފްތަންސާ އިން ބުނީ އެކުންފުނިން އިތުރު މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމީ ކުންފުންޏަށް ލިބޭ އާމްދަނީއަށް މަހަކު 590 މިލިއަން ޑޮލަރުގެ ގެއްލުން ވަމުންދާތީ ކަމަށެެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ޑިމާންޑަށް އައި ބަދަލާއި އެކު 2025 ވަނަ އަހަރަށް އެ ކުންފުނީގެ ފްލީޓްގެ އަދަދު 150 ފްލައިޓަށް މަދުކުރުމުގެ ވިސްނުން މިހާރު ގެންގުޅޭ ކަމަށް ލުފްތަންސާ އިން ފާހަގަކުރެއެވެ.

ކޮވިޑް-19 ގެ ސަބަބުން ކުންފުންޏަށް ލިބެން ފެށި ގެއްލުމުގެ ސަބަބުން މީގެ ކުރިން 22،000 މީހުން ވަޒީފާ އިން ވަކި ކުރި ނަމަވެސް މިފަހަރު ވަޒީފާއިން ވަކިކުރާނީ ކިހާ އަދަދެއްގެ މުވައްޒަފުން ކަމެއް ލުފްތަންސާ އިން ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ކުރިން ލޭބަރ ރިޕްރެޒެންޓޭޓިވްސް އާއި އެކު މަޝްވަރާކޮށް ކޮންމެހެން ވަކި ކުރަން ޖެހޭ މުވައްޒަފެއް ނޫން ނަމަ ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް