ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 14:36
ނެކްސްބިޒް އެއްބަސްވުމުގައި ސޮއިކުުރުން: އެއްބަސްވުން އުވާލުމުން އެ ކުންފުނިން އެދުނީ ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހޯދުމަށް
ނެކްސްބިޒް އެއްބަސްވުމުގައި ސޮއިކުުރުން: އެއްބަސްވުން އުވާލުމުން އެ ކުންފުނިން އެދުނީ ބަދަލުގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހޯދުމަށް
ގޫގުލް
ބޯޑާ ކޮންޓްރޯލް
ނެކްސްބިޒްއަށް އަށް ދޭންޖެހޭ 15 މިލިއަން ޑޮލަރު އަދިވެސް ނުދޭ!
ނެކްސްބިޒް އަށް 15 މިލިއަން ޑޮލަރު ދިނުމަށް އެންގީ ޑިސެމްބަރު 19 ގައި
ސަރުކާރުން ނެކްސްބިޒް އެއްބަސްވުން އުވާލީ ދައުލަތަށް ގެއްލުން ބޮޑު ކަމަށް ބުނެ
ރައީސް ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުން އުވާލީ ރައީސް ވަހީދުގެ ވެރިކަމުގައި

ރާއްޖޭގައި ބޯޑަރު ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ދިވެހި ސަރުކާރުން މެލޭޝިއާގެ ނެކްޒްބިޒް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި އޭގެ ބަދަލެއްގެ ގޮތުން އެ ކުންފުންޏަށް 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އެންގި، އެންގުމާ އެއްގޮތަށް އަދިވެސް އެ ފައިސާ ނުދައްކާ ކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.

 

އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލުމުގެ ސަބަބުން ނެކްސްބިޒަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު އެކުންފުންޏަށް ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަރުކާރަށް އެންގީ މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނެކްސްބިޒްއަށް 15 މިލިއަން ޑޮލަރު ދިނުމަށް އާބިޓްރޭޝަނުން އެންގިތާ ހަތަރު މަސް ވީއިރު ވެސް އެ ފައިސާ ދެއްކުމާ ގުޅޭ ގޮތުން އަދި ސަރުކާރުން ގޮތެއް ނުނިންމަ އެވެ.

 

އެ މައްސަލައާ ގުޅޭ ގޮތުން ބަންޑާރަނައިބުގެ އޮފީހުން އެންމެ ފަހުން ބުނެފައި ވަނީ ރާއްޖެއިން ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލްގެ ނިންމުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ ވަކީލުންގެ ރިވިއުއަށް ފަހު ރިޕޯޓް ހުށަހެޅުމުން ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

 

ފައިސާ ދެއްކުމުގެ ކަންތައްތައް ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށް ބަންޑާރަނައިބުގެ އޮފީހާއި ސަރުކާރުގެ އެކި އިދާރާތަކަށް ގުޅައިގެން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

 

މޯލްޑިވްސް އިމިގްރޭޝަން ބޯޑާރ ކޮންޓްރޯލްގެ މަޝްރޫއުގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ހަވާލުކުރުމަށް ދިވެހި ސަރުކާރާއި ނެކްސްބިޒާއި ދެމެދު 2010 ވަނަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ހެދި 39 މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ އެއްބަސްވުން އުވާލާފައިވަނީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އެއްބަސްވުން އުވާލި އިރު، އެއިރުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތުން 2012 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވެސް އެއްބަސްވުން އުވާލަން ނިންމި އެވެ.

 

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ދިވެހި ސަރުކާރުން އުވާލީ، އެ އެއްބަސްވުމަކީ ދައުލަތަށް ގެއްލުން ބޮޑު އަދި ކުރިއަށް ނުގެންދެވޭނެ އެއްބަސްވުމެއް ކަމަށް ބުނެ އެވެ. އަދި ނެކްސްބިޒާ ވާހަކަ ދައްކައިގެން ކޯޓުން ބޭރުން މައްސަލަ ހައްލުކުރާނެ ކަމަށް އެއިރުގެ ބަންޑާރަނައިބު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވެއެވެ.

 

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުމަށް 20 އަހަރުގެ މުއްދަތަކަށް ހެދި އެއްބަސްވުން އުވާލުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ގޮތުގައި 268.6 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ހޯދުމަށް ނެކްސްބިޒް އިން ސަރުކާރަށް ހުށަހެޅި އެވެ. ނަމަވެސް ސަރުކާރުން ފައިސާ ދިނުމަށް ދެކޮޅު ހެދުމުން ނެކްސްބިޒް އިން ވަނީ ދިވެހި ސަރުކާރުގެ އަތުން 268.6 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފަ އެވެ.

 

ނެކްސްބިޒްއާއެކު ހެދި އެއްބަސްވުން ގަވާއިދާ ޚިލާފަށް އުވާލި މައްސަލައިގައި 15 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާއިރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް ކުންފުންޏާއެކު ހެދި އެއްބަސްވުން ވެސް ދިވެހި ސަރުކާރުން އުވާލީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އާބިޓްރޭޝަނުން ވަނީ ބަދަލެއްގެ ގޮތުގައި 271 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން އަންގާފަ އެވެ.

 

ސަރުކާރުން ވަނީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސް ކޮށްފަ އެވެ. ޖީއެމްއާރަށް ފައިސާ ދެއްކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޒާވުން 140 މިލިއަން ޑޮލަރު ނަގައިގެންނާއި އެއާޕޯޓް ކުންފުނިން ފައިސާ ނަގައިގެންނެވެ.

- ކޮމެންޓް