ހައިޑްރޯކްލޮރޯފްލޮރޯ ކާބަންގޭސް (އެޗްސީއެފްސީ) އެތެރެ ކުރާ މިންވަރު މި އަހަރުގެ ނިޔަލަށް ހުއްޓާލުމަށް ނިންމައިފިއެވެ.
ބައިނަލްއަޤުވާމީ އޯޒޯން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ދެއްވި ޚިޠާބުގައި ވިދާޅުވީ މިހާރު ކުރަމުން ގެންދަނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމުގައިވާހައިޑްރޯކްލޮރޯފްލޮރޯ ކާބަން(އެޗްސީއެފްސީ) ގޭސް ރާއްޖޭގެ ފިނި ކުރާ ނިޒާމްތަކުގައި ބޭނުން ކުރާ މިންވަރު މަދު ކުރުމަށާއި، އެ ގޭސް އެތެރެކުރާ މިންވަރު މި އަހަރުގެ ނިޔަލަށް ހުއްޓާލުމަށް ކަމަށެވެ.
ބައިނަލްޢަޤްވާމީ ގޮތުން މި ގޭސް އެއްވެސް ޤައުމެއްގައި ބޭނުން ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 2030 ނަމަވެސް، މި ގޭސް ބޭނުން ކުރުން ކުރުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް 2010 ވަނަ އަހަރު، ތައްޔާރު ކުރި އެޗް.ސީ.އެފް.ސީ މަދުކުރުމުގެ މެނޭޖްމަންޓް ޕްލޭންގައި ކަނޑައަޅާފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެެވެ.
މިނިސްޓަރ ވަނީ އޯޒޯން ފަށަލަ ރައްކާތެރިކުރުމުގެ މުހިންމު ކަމަށް އަލި އަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ އިރުން އަންނަ ޔޫވީ ރޭޑިއޭޝަންގެ މިންވަރު މަތިވުމަކީ އިންސާނާގެ ސިއްޙަތަށް އޭގެ ގެއްލުން ހުރި ކަމެއް ކަމަށާއި އިރުން އަންނަ ޔޫވީ ރޭޑިއޭޝަންގެ މިންވަރު މަތިވުމަކީ އިންސާނާގެ ސިއްޙަތަށް އޭގެ ގެއްލުން ހުރި ކަމެއް ކަމަށެވެ.
މީގެ އިތުރުން ވެސް އިޤްތިޞާދުގެ މައި އެއްތަނބު ކަމުގައިވާ މަސްވެރިކަމަށާއި ފަތުރުވެރި ކަމަށް ވެސް އޯޒޯންފަށަލައިގެ ދުޅަ ހެޔޮކަމުގެ މުހިއްމުކަން ބޮޑު ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެލް ނީނޯގެ ސަބަބުން މުރަކަ ހުދުވުމުން ފަރުތައް ރައްކާތެރި ކުރުމުގައި އޯޒޯން ފަށަލަ މުހިންމު ދައުރެއް އަދާ ކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އާންމުކޮށް ދިވެހިރާއްޖޭގައި ބޭނުން ކުރަމުން މިދަނީ ފިނި ކުރާ ނިޒާމްތަކުގައި ކަމަށާއި އެޗްސީއެފްސީ ގެ މިންވަރު މަދުކުރުމުގެ އިތުރުން ޖައްވު ހޫނުވުމަށް މެދުވެރިކުރާ އެހެން މާއްދާއެއް ކަމުގައިވާ އެޗްސީއެފްސީ ފިނި ކުރާ ނިޒާމްތަކުގައި ބޭނުން ކުރާ މިންވަރު މަދުކުރުމަށް ކުރަން ޖެހޭނެ މަސައްކަތްތައް ފެށުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އަދި މިހާރުވެސް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި މިފަދަ އިންސެންޓިވް ޕްރޮގްރާމްތައް ހިމެނޭ ކަމަށާ މިހާރު ޕްރޮގްރާމްތައް ބޮޑަށް އަމާޒު ވެފައިވަނީ މަސްވެރިކަމުގެ ދާއިރާ އަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ސަބަބަކީ މިހާރު ބޭނުން ކުރުން ހުއްޓާލުމަށް މަސައްކަތް ކުރާ މާއްދާ އެންމެ ގިނައިން ބޭނުން ކުރަމުންދަނީ އެ ދާއިރާގައި ކަމުގައިވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އެޗް.އެފް.ސީ ބޭނުން ކުރުން މަދުކުރުމަށްޓަކައި، އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނަށް އިޞްލާޙު ހުށަހެޅުމަށް ތައްޔާރުވަމުން ދާއިރު މި ގައުމަކީ އޯޒޯން ފަށަލަ ޙިމާޔަތްކޮށް އިޢާދަކުރުމަށް ބައިނަލްޢަޤްވާމީ ގޮތުން ބޮޑެތި މަސައްކަތެއްކޮށް މި މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ ޤައުމެއް ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި އަލިއަޅުއްވާލިއެވެ.
މީގެ އިތުރުންވެސް އަންނަން އޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކަމާއި އެކު ފޯރުކޮށްދެވޭނީ މި ދަނޑިވަޅުގައި، ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި މޫސުމީބަދަލުތަކަށް ފިޔަވަޅު އެޅުމަށް، ކުރިއަށްވުރެ ވަރުގަދަ އަޒުމެއްގައި މަސައްކަތް ކޮށްގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ބައިނަލްއަޤްވާމީ އޯޒޯން ދުވަހުގެ ޝިޢާރަކީ "އޯޒޯން ފަށަލަ ހިމާޔަތް ކުރުމުގައި 35 އަހަރު" އަށް ވީއިރު މިއަހަރަކީ އޯޒޯން ފަށަލަ ޙިމާޔަތް ކުރުމަށް ހަދާފައިވާ މުއާހަދާ، 'ވިއެނާ ކޮންވެންޝަން ފޮރ ދަޕްރޮޓެކްޝަން އޮފް ދަ އޯޒޯން ލޭޔަރ' އަށް 35 އަހަރު ފުރޭ އަހަރެވެ.