ކ. މާލެ
|
15 ސެޕްޓެންބަރ 2020 | އަންގާރަ 11:30
އެލްޖީއޭ ބޯޑުގެ ކުރީގެ ބައެއް މެމްބަރުންނާއި، އެލްޖީއޭ ބޯޑުގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ކުރީގެ އެލްޖީއޭ ބޯޑުން ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމު
އެލްޖީއޭ ބޯޑުގެ ކުރީގެ ބައެއް މެމްބަރުންނާއި، އެލްޖީއޭ ބޯޑުގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ކުރީގެ އެލްޖީއޭ ބޯޑުން ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާކަމު
ރާއްޖެއެމްވީ
ކައުންސިލަރުން ސަސްޕެންޑްކުރި އުސޫލް
ކައުންސިލަރުން ސަސްޕެންޑްކުރަން އެލްޖީއޭއިން އެކުލަވާލާފައިވާ އުސޫލު ހައި ކޯޓުން ބާތިލްކޮށްފި
މިއީ 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލަރުން ސަސްޕެންޑްކުރަން އެކުލަވާލި އުސޫލެއް
ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ކައުންސިލްތަކާއި ކައުންސިލަރުން ސަސްޕެންޑްކޮށް ފިޔަވަޅުތައް އެޅި
އެއީ ގާނޫނުން ބާރުލިބިގެން ހަދާފައިވާ އުސޫލެއް ނޫން

ކައުންސިލަރުން ސަސްޕެންޑްކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލާފައިވާ އުސޫލު ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެލްޖީއޭއިން ވަނީ ކައުންސިލަރުންނާމެދު ފިޔަވަޅުއެޅުމާއި ސަސްޕެންޑް ކުރުމާއި އިންޒާރު ދިނުމަށް 2016 ވަނަ އަހަރު އުސޫލެއް އެކުލަވާލާފަ އެވެ.

އެ އުސޫލްގެ ދަށުން ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ކައުންސިލްތަކަކާއި ކައުންސިލަރުންނަށް އެކިއެކި ފިޔަވަޅުތަކާއި ސަސްޕެންޑް ކުރުން ފަދަ "ޖަރީމާ"ތައް ހިންގާފައި ވެއެވެ.

ރައީފާ އަބްދުލްވައްހާބާއި ޒިމްނާ އަބްދުލްމުހުސިން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ހައިކޯޓަށް ހުށަހެޅި މިމަސަލާގައި ދައުލަތުގެ ފަރާތުން ވެސް ވަނީ އެ އުސޫލު ބާތިލް ކުރަންޖެހޭ ކަމަށް ހައި ކޯޓުގައި އެއްބަސްވެފައި ވެއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ، އެލްޖީއޭއިން އެ އުސޫލް އެކުލަވާލާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ކަމަށް ބަޔާން ކޮށްފައިވީނަމަވެސް، އެ މާއްދާއަކީ ދެ ކައުންސިލެއްގެ ދެމެދުގައި މެދުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެލްޖީއޭއިން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނާ މާއްދާއެއް ކަމަށެވެ. އަދި އެ މާއްދާއަކީ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހާތިފް އެވެ.

ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުއަށް ފަނޑިޔާރު އަމީދު އާއި ފަނޑިޔާރު ޝުއައިބު ތާއީދުކުރައްވާ، ތިން ފަނޑިޔާރުންގެ އިއްތިފާނުން އިއްވާފައިވާ ހުކުމުގައި ވަނީ، އެލްޖީއޭއިން އެކުލަވާލާފައިވާ އެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ އުސޫލަކަށް ނުވާތީ އާއި އަދި އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދުތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަނުވާ އުސޫލަކަށް ވާތީ އެ އުސޫލު ބާތިލް ކަމަށް ނިންމާ ކަމަށެވެ.

- ކޮމެންޓް