ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 22:29
އައިޖީއެމްއެޗް
އައިޖީއެމްއެޗް
މުހައްމަދު ޝަރުހާން
މަރުވާން އުޅުން
ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލު މިހާރު ރަނގަޅު: އައިޖީއެމްއެޗް
ބްލީޗު ބުއީ އުމުރުން 14 އަހަރުގެ ކުއްޖެއް
ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން
މަރުވާން އުޅުމާއި އަމިއްލަ އަށް މަރުވުމުގެ މައްސަލަތައް ގިނަ

ބުލީ ކުރުމުން ބްލީޗް ބުއި ކަމަށް ބުނާ ކުއްޖާގެ ހާލަތު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން ބުނީ އާދިއްތަ ދުވަހުގެ ރޭ އުމުރުން 14 އަހަރުގެ ކުއްޖަކު ބްލީޗު ބޮއެގެން އެ ހޮސްޕިޓަލަށް ގެނެސް އެމަޖެންސީ ރޫމްގައި ފަރުވާ ދެވުނު ކަމަށެވެ. މިހާރު ވެސް އެކުއްޖާ ހޮސްޕިޓަލުގެ ވޯޑްގައި އެޑްމިޓްކޮށްފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން ފޭސްބުކްގައި މީހަކު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އަދަބީ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭނާގެ އަންހެން ކޮއްކޮ އެއް ސްކޫލަށް ދިޔައީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އެހެން ނަމަވެސް އިސްކަންދަރު ސްކޫލުގެ ކުދިންތަކެއް އޭނާގެ ކޮއްކޮއާއި ދިމާކޮށް ބުލީ ކުރިކަމަށާއި އެކުއްޖާ ސްކޫލުން ގެޔަށް ދިޔަ އިރު ހެދުމާއި ފޮތްތަކުގައިވެސް ބްލީޗު ހުރިކަމަށް ބުނެފައިވެ އެވެ. އަދި ސްކޫލަށް ބްލީޗު ގެންދިއުމުގެ ހުއްދަ ދެވިފައިވަނީ ކޮންގޮތަކުން ކަމާ މެދު ސުވާލު އުފައްދައި، އެ ޕޯސްޓުގައި އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ސްކޫލުން އެންމެ އެކަށީގެންވާ ގޮތެއްގައި ކުދިން ނުބެލެހެއްޓޭކަމަށް ބުނެ އޭނާ ވަނީ އެ ސްކޫލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިސްކަންދަރު ސްކޫލްގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް، އެ ސްކޫލުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތް  ވަނީ ނުވެފަ އެވެ.

ބްލީޗު ބޮއެގެން ކުއްޖަކު އޭނާގެ އަމިއްލަ ފުރާނައަށް ގެންލުންދިނުމަށް މަސައްކަތް ކޮށްފައިވާ އިރު މިފަދަ ހާދިސާތައް މިދުވަސްވަރު ހިނގާ އަދަދު އިތުރުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ޒުވާން އުމުރުގެ ކުދިން ދަންޖެހިގެން މަރުވާ މައްސަލަތައް މިދުވަސްވަރު ވަނީ ގިނަވެފަ އެވެ. އަދި ވިލިމާލޭގައި ކަނޑަށް އެރި ކުއްޖަކު މަރުވާން އުޅުނު މައްސަލައެއް ވެސް ފެންމަތިވި އެވެ.

- ކޮމެންޓް
18 އޭޕްރިލް 2017 | އަންގާރަ 00:33
ޑަން ހިލް މޭން
އާނ ބަލާނަން.. އަޅުގަޑަށް އެނގިފަ ނެތް.. ތީ ހަޖަމް ނުވެގެން އިދޮކޮޅު މީހުން ދައްކާ ވާހަކަ... ލާހިކެއް ނޫން.. އަބަދު ކަންފަތުގަ އެބުރެނީ މިއަޑުތައް