ކޮވިޑް-19 ށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެއްޖެއެވެ.
އެބޭފުޅާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މައުލޫމާތު ލިބިގައިވާގޮތުގައި އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ޕޮޒިޓިވްވީ އާއިލާގެ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަކަށްވެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.
ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ވަނީ ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން، 1970 ގެ އަހަރުތަކުގައި މަޖިލިސް މެމްބަރުކަން ކުރައްވާފައިވާއިރު އެންމެ ފަހުން މަސައްކަތް ކުރެއްވީ ޔޫތް މިނިސްޓްރީގައެވެ.