ކ. މާލެ
|
11 ސެޕްޓެންބަރ 2020 | ހުކުރު 18:10
އެމް.އެން.ޑީ.އެފް މަގުމަތީގައި ހަރަކާތް ތެރިވަނީ
އެމް.އެން.ޑީ.އެފް މަގުމަތީގައި ހަރަކާތް ތެރިވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް ޓްރެއިނިންގ
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ޕްރޮގްރާމު ހިންގާފައިވަނީ އެމް.އެން.ޑީ.އެފްގެ ސްޕެޝިއަލް ފޯސް އަދި އެމް.އެން.ޑީ.އެފް ކޯސްޓުގާޑުގެ ބައެއް ބޭފުޅުންގެ މެދުގަ
ޓްރެއިނިންގ ޕްރޮގްރާމުގައި އެމް.އެން.ޑީ.އެފް އެންމެ ފަހުގެ ފްލެޝް މެޓަލް ޕްރޮގްރާމުވަނީ ފުރިހަމަ ކޮއްފަ
ޕްރޮގްރާމުތައް ހިންގާފައިވަނީ އެމެރިކާގެ ހާއްސަ އޮޕަރޭޝަން ކޮމާންޑަރުއާއި އެހީއާއި އެކު

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސްކަރީ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމްއެންޑީއެފް އިން ބޭއްވި ޚާއްސަ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 07ން 10ށް، ކޮންމެ ދުވަހެއްގެ ހެނދުނު 06:00ން 18:00ށެވެ.

ޅ. ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށްގެންދިޔަ މި ތަމްރީނުގައި ބަޑިޖަހާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

އެމްއެންޑީއެފް މި އަސްކަރީ ތަމްރީނު ޕްރޮގްރާމް ހިންގާފައިވަނީ އެމްއެންޑީއެފްގެ ސްޕެޝަލް ފޯސް އަދި އެމްއެންޑީއެފް ކޯސްޓުގާޑަށް ކަމަށެވެ.

އަސްކަރީ ތަމްރީނު ޕްރޮގްރާމްގައި އެމްއެންޑީއެފް އެންމެ ފަހުގެ ފްލެޝް މެޓަލް ޕްރޮގްރާމު ވަނީ ފުރިހަމަ ކޮށްފައެވެ. މި ޕްރޮގްރާމުތައް ހިންގާފައިވަނީ އެމެރިކާގެ ހާއްސަ އޮޕަރޭޝަން ކޮމާންޑަރުގެ އެހީ އާއެކު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ކުރިއަތް އޮތްތާނގައި ވެސް މިފަދަ ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

- ކޮމެންޓް