ޒުވާނުންގެ ޕްރޮޑަކްޓެއް ގޮތުގައި މަޝްހޫރު ވަމުން އަންނަ އަދި ޒުވާނުންގެ މެދުގައި މަގްބޫލު ހިޕްސްޓަރ ޕޮމޭޑް ނައިފަރު އެސްޕެކްޓް ފިހާރައިން ވިއްކަން ފަށައިފިއެވެ.
ހިޕްސްޓަރ ޕޮމޭޑް ގެ ސޭލްސް މެނޭޖަރ އަބްދުﷲ މުހުލިސް އާމިރު ވިދާޅުވީ އެސްޕެކްޓް ނައިފަރުގެ އެޖެންޓެއް ގޮތުގައި ހަމަޖެއްސީ އެސްޕެކްޓް ފިހާރަ އަކީ މިހާރު ވެސް ޒީނަތްތެރި ވުމަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައަކަށް ވެފައި އަދި ކަސްޓަމަރުންގެ އިތުބާރު ލިބިފައި މުޅި ނައިފަރަށާއި އަތޮޅަށް ވެސް މަޝްހޫރު ފިހާރައަކަށް ވުމުން ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްތަކުން އެޖެންޓުން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާކަން މުހުލިސް ފާހަގަކުރެއްވިއެވެ.
ހިޕްސްޓަރ ޕޮމޭޑް އަކީ މެލޭޝިޔާގެ ނަމްބަރ ވަން ސްޓައިލިން ޕްރޮޑަކްޓެވެ. މިއީ ހަލާލު ސެޓްފިކެޓް ލިބިފައިވާ އަދި މެލޭޝިޔާގެ ލެބޯޓަރީން ޓެސްޓުކޮށް އެޕްރޫވް ކޮށްފައިވާ، އިސްތަށިގަނޑަށް ގެއްލުންދޭ އެއްވެސް މާއްދާއެއް ނުހިމެނޭ އުފެއްދުމެކެވެ. މިއީ މިވަގުތު ރާއްޖޭގެ މާކެޓުގައި ހުރި ސްޓައިލް ކުރުމަށް އެންމެ މޮޅު އަދި ސްޓައިލް ކުރުމަށް އެންމެ ފަސޭހަ އުފެއްދުމެވެ.
މާލެއިން ހިޕްސްޓަރ ޕޮމޭޑް ގަންނަން ލިބޭނީ ދޮންއަދަރާދަ މަގުގައި ހުންނަ ބިއުޓިކް، މުނިޔާމަގު މާފަންނު ސަހަރާ ކައިރީގައި ހުންނަ އަލްބާ، އިއްޒުއްދީން މަގުގައި ހުންނަ ބީ ބިއުޓިފުލް، ލެކިއުޓް، ޖަސްޓިސް ބިލްޑިން ކުރިމަތީ ގައި ހުންނަ ބޮޑީ ކޮންސެޕްޓް، ފިރޯޒު މަގުގައި ހުންނަ ކެރެޓް ޕްލާޒާ އަދި އަލްފާ ޑެން ސެލޫނުންނެވެ.
ހުޅުމާލެއިން ޒައިލިން ބިއުޓީންވެސް އަދި ވިލިމާލެ އިން އަލިޝްބާ އިން ވެސް ހިޕްސްޓަރ ޕޮމޭޑް ގަންނަން ލިބޭނެއެވެ. މީގެ އިތުރުން އޮންލައިން ކޮށް ގަންނަން ބޭނުން ނަމަ އީޓު ކުރި އަދި މޫލީން ވެސް މި ޕްރޮޑަކްޓް ލިބޭނެއެވެ.