ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 13:14
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު
މަޖިލިސް
ސިޔާމްގެ މާލީ ބަޔާން
ސަން ސިޔާމް, 25 ކުންފުންޏެއްގެ އެމްޑީ!
މަޖިލީހުގެ މުސާރައާއި ކުންފުނީގެ މުސާރައިގެ ގޮތުގައި 20،190،417 ލިބިވަޑައިގަންނަވާ
ހިއްސާގެ ގޮތުގައި އަހަރަކު 887،520 ރުފިޔާ ލިބިވަޑައިގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު 25 ކުންފުންޏެއްގެ ޗެއާމަން ކަމާއި މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މާލީ ބަޔާނުންނެވެ. މާލީ ބަޔާނުގައިވާ ގޮތުން އޭނާ އަކީ 25 ކުންފުންޏެއްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރެވެ. ކުންފުނިތަކުގެ ތެރޭގައި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި އެމަރެލްޑް ރިސޯޓް އެންޑް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މެންބަރުންގެ ފައިސާގެ ބަޔާން އަމީން އާންމަށް ލިބުމުން، އެ މުދަލާއި ފައިސާގެ ބަޔާންތަކުގެ ކޮޕީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެއެވެ.

މެންބަރު ސިޔާމްގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 27ން މި އަހަރުގެ މެއި މަހުގެ 28ށް އޭނާއަށް މަޖިލީހުގެ މުސާރަ އާއި ކުންފުނީގެ މުސާރައިގެ ގޮތުގައި 20،190،417 (ވިހި މިލިޔަން އެއް ލައްކަ ނުވަދިހަ ހާސް ހަތަރު ސަތޭކަ ސަތާރަ) ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ހިއްސާގެ ގޮތުގައި އަހަރަކު 887،520 (އަށް ލައްކަ އަށްޑިހަ ހަތްހާސް ފައްސަތޭކަ ވިހި) ރުފިޔާ ލިބިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަސާސީ މުސާރައިގެ ގޮތުގައި 42،500 (ސާޅީސް ދެހާސް ފައްސަތޭކަ) ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި ލިވިންގ އެލަވެންސާއި ކޮމިޓީ އެލަވެންސާއެކު ޖުމްލަ މުސާރައިގެ ގޮތުގައި މެންބަރަކަށް 82،500 (އަށްޑިހަ ދެހާސް ފައްސަތޭކަ) ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން މުސާރަތަކަށް ގެނެވުނު ބަދަލާއެކު މެންބަރުންނަށް މިހާރު ލިބިވަޑައިގަންނަވަނީ 69،750 (ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ.

މާލީ ބަޔާނުގައިވާ ގޮތުން ސިޔާމް ވަނީ ރާއްޖެއިން ފަސް ބޭންކެއްގައި ފަސް އެކައުންޓް ހުޅުވާފައެވެ. ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓްތަކުގައި މުޅި ޖުމްލަ 512،788.27 (ފަސް ލައްކަ ބާރަ ހާސް ހަތްސަތޭކަ އަށްޑިހަ އަށް ޑޮލަރު ހަތާވީސް ސެންޓް) ހުރި ކަމަށް ދައްކައެވެ. އަދި މި އެކައުންޓުތަކުގައި 338،702.08 (ތިން ލައްކަ ތިރީސް އަށްހާސް ހަތްސަތޭކަ ދެ ރުފިޔާ) ހުރި ކަމަށް ދައްކައެވެ.

ރާއްޖެއިން ބޭރުގައި ހުޅުވާފައިވާ އެކައުންޓެއްގައި 64،971.97 (ފަސްދޮޅަސް ހަތަރުހާސް ނުވަސަތޭކަ ހަތްދިހަ އެއް ޑޮލަރު ނުވަދިހަ ހަތް ސެންޓް) ހުރި ކަމަށްވެސް މާލީ ބަޔާނުން ވަނީ ހާމަވެފައެވެ. އެހެން ކަމުން އެއީ މުޅި ޖުމްލަ 4،345،032.1 (ހަތަރު މިލިޔަން ތިން ލައްކަ ސާޅީސް ފަސްހާސް ތިރީސް ދެ ރުފިޔާ އެއް ލާރި) އެވެ.

މީގެއިތުރުން ސިޔާމް ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 1.5 މިލިޔަން ޑޮލަރުގެ ލޯނެއް ނަންގަވާފައެވެ. އަދި މެލޭޝިޔާގެ އެޗްއެސްބީސީއިން 4,080,000 (ހަތަރު މިލިޔަން އަށްޑިހަ ހާސް) މެލޭޝިއަން ރިންގިންޓްގެ ލޯނެއްވެސް ނަންގަވާފައިވެއެވެ.

- ކޮމެންޓް
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 10:13
ފަގީރުކޮއެ
މިކަހަލަ ލި ބޭ މީހުންގެ މުސާރަ ކުޑަކުރަންވީނު. އިތުރަށް މުއްސަނދި ނުކޮށް