ކޮވިޑް-19 ޖެހިގެން މިއަދު ރިޕޯޓްކުރި މީހުންގެ އަދަދު 80ށްވުރެ ދަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހޯމަ ދުވަހުގެ އިރު އޮއްސި 06:00 އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވަނީ 74 ކޭސް އެވެ. އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި، 15 ބިދޭސީން ކަމަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8,741ށް އަރާފައެވެ. ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6052ށް އަރާފައެވެ. އަދި އެކްޓިވް ކޭސްގެ އަދަދުތައް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކޮށްފައިވަނީ 2549 ކޭސް އެވެ.
އެޗްޕީއޭ އިން ބުނީ މިހާތަނަށް 22 ރިސޯޓަކުން 19 ފަތުރުވެރިންނާއި 48 މުވައްޒަފުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދު ފިޔަވައި ބ. ލ. އަދި ގއ ވިލިނގިލިގައި ހުންނަ ކޮވިޑް ފެސިލީޓިގައި 6 މީހަކަށް ފަރުވާދެމުންދާ ކަމަށެވެ.
އެޗްޕީއޭ އިން ލަފާ ކުރާ ގޮތުގައި މިހާރު ފެންނަ ކޭސްތަކުގެ އަދަދު މަދުވާނީ މި މަހުގެ ފަހު ކޮޅުގައެވެ. އަދި އެކަން ކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.