ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 23:20
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
މަޖިލިސް މެމްބަރުންގެ މާލީ ބަޔާން
މަޖިލީހުގެ ނައިބު ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އަހަރެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ
އީވާގެ މިހާރުގެ އަސާސީ މުސާރައަކީ 51،000
ގަވާއިދުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި މާލީ ބަޔާން ޝާއިއު ކުރަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް މިދިޔަ އަހަރުގެ މެއި މަހުގެ 27ން މިއަހަރުގެ މެއި މަހުގެ 28ށް އާމްދަނީ އާއި މުސާރައިގެ ގޮތުގައި އެއް މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އޭނާގެ މާލީ ބަޔާނުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން މެމްބަރުންގެ ފައިސާގެ ބަޔާން އަމީން އާއްމަށް ލިބުމުން އެ މުދަލާއި ފައިސާގެ ބަޔާންތަކުގެ ކޮޕީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 27ން މިއަހަރުގެ މެއި މަހުގެ 28ށް އީވާގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި އޭނާ އަށް 1،023،031.21 (އެއް މިލިއަން ތޭވީސްހާސް ތިރީސް އެއް ރުފިޔާ އެކާވީސް ލާރި) ލިބިވަޑައިގަންނަވައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން މަޖިލީހުގެ ނައިބު ރައީސްގެ މުސާރަ 91,000ން 75,700 ރުފިޔާއަށް ކުޑަކޮށްފާއިވާއިރު އިވާގެ މިހާރުގެ އަސާސީ މުސާރަ އަކީ 51،000 ރުފިޔާ އެވެ. ލިވިން އެލަވަންސް ގެ ގޮތުގައި 20،000 ރުފިޔާ ލިބިލައްވައެވެ.

މާލީ ބަޔާނުގައި ވާގޮތުން އީވާގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުތަކުގައި 1108.58 ރުފިޔާ ހުރި ކަމަށް ވެއެވެ. އަދި އޭނާގެ ފިރިމީހާ އާއެކު ހުޅުވާފައިވާ ޖޮއިންޓް އެކައުންޓުތަކުގައި 24،684.3778 ރުފިޔާ ހުރި ކަމަށް ބަޔާނުން ދައްކައެވެ.

- ކޮމެންޓް