ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 23:04
ބ.އޭދަފުށީގައި މަގުތަކުގައި ތާރުއެޅުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން
ބ.އޭދަފުށީގައި މަގުތަކުގައި ތާރުއެޅުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ތަރައްގީގެ މަޝްރޫއުތައް
ބ. އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި
މި މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައި
މިއީ 34.4 މިލިއަން ރުފިޔާގެ މަޝްރޫއެއް
މަގު ހެދުމުގެ މަޝްރޫއުގެ 87 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ

ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. އޭދަފުށީގެ މަގުތަކުގައި ތާރު އަޅާ ނިންމާލައިފިއެވެ.

އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ. މިއީ 34.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި، އެއާއެކު މަގު ހެދުމުގެ މަޝްރޫއުގެ 87 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 22،942 އަކަމީޓަރު ހިމެނޭ ގޮތަށް، 19 މަގެއްގައި ވަނީ ތާރު އަޅާފައެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމަކާއި، ގްރެވިޓީ ޕައިޕް ނެޓްވޯރކް އެޅުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ހިންދުމަށްޓަކައި ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތާއި، މަގުތައް އަލިކުރުމަށް ބައްތި ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ.

އޭދަފުށީގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް އެ މަގުތައް ތައްޔާރު ކުރަމުން އަންނައިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން އަންނަނީ މަގުތަކާއި ބަނދަރުތައް އަދި ނަރުދަމާ ނިޒާމު ވެސް ގާއިމު ކުރަމުންނެވެ.

ރައީސް އިބްރާޙިމް މުހަންމަދު ޞާލިހުގެ ސަރުކާރުން އަންނަނީ ކޮވިޑްގެ މި ހާލަތުގައި ވެސް މުޅި ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގައި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

- ކޮމެންޓް