ސެލޫން ފެމިނާގެ 6 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން އޮގަސްޓް މަހު ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.
ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ސެލޫންގެ ވެރިފަރާތް ފާތިމަތު ޝަފާ ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ބައެއް ހިދުމަތްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.
ކޮވިޑް-19 މި ހާލަތުގައި ކަސްޓަމަރުންނަށް ހިދުމަތްދެނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަން ފާހަގަކުރައްވާ ޝަފާ ވިދާޅުވީ ކަސްޓަމަރަކަށް ހިދުމަތްދޭއިރު 15 މިނެޓުގެ ދުރުމިނެއް ގެންގުޅޭ ކަމަށެވެ. އަދި ތަން ރަނގަޅަށް ޑިސްއިންފެކްޓްކޮށް ބަލަހައްޓަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަހަކީ އެ ސެލޫންނަށް ވަރަށް ހާއްސަ މަހެއްކަމަށް ޝަފާ ވިދާޅުވިއެވެ. އެއީ މި މަހުގެ 8 ވަނަ ދުވަހު އެ ސެލޫންނަށް 6 އަހަރު ފުރިގެންދާތީއެެވެ. ޝަފާ ވިދާޅުވީ ސެލޫންގެ އަހަރީ ދުވަހާއި ގުޅުވައިގެން ވެސް ކުޑަ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ ކުރިން އަހަރީ ދުވަސްތައް ފާހަގަކުރަމުން އައި ކަސްޓަމަރުންނަށް ދައުވަތު ދީގެން ޕާޓީއެއް ބާއްވައިގެން ކަމަށާއި އެހެންނަމަވެސް މިފަހަރު ހާލަތުގެ ގޮތުން އަހަރީ ދުވަސް ފާހަގަކުރުމުގައި ތަފާތުތަކެއް ހުންނާނެ ކަމަށް ސަފާ ވިދާޅުވިއެވެ. އެގޮތުން އެހީތެރިވި މީހުންނަށާއި ކަސްޓަމަރުންނަށް ކުޑަ ހަދިޔާއެއް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ހިދުމަތްދޭއިރު ފައިސާ ބަލައި ނުގަންނަ ކަމަށާއި އޮންލައިން ޕޭމަންޓް އެކަނި ބަލައިގަންނަ ކަމަށް އެ ސެލޫން އިން މައުލޫމާތުދެއެވެ.