ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 21:38
ހުޅުމާލޭގެ މަގެއްގެ މަތި
ހުޅުމާލޭގެ މަގެއްގެ މަތި
ރާއްޖެއެމްވީ
ހުޅުމާލޭގައި ބިދޭސީއަކު ވެއްޓުން
ހުޅުމާލޭގައި ހުރި އިމާރާތަކުން ބިދޭސީއެއް ވެއްޓި އަނިޔާވެއްޖެ
ބިދޭސީ މީހާގެ ހާލު ރަނގަޅު

ހުޅުމާލޭގައި އިމާރާތެއްގެ ތިންވަނަ ފަންގިފިލާ އިން ބިދޭސީއެއް ވެއްޓި އަނިޔާވެއްޖެއެވެ.

މީޑިއާ އަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އިމާރާތުން ވެއްޓުނު ބިދޭސީ މީހާ އަކީ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި އޭނާ ވެއްްޓުނީ ލޮޓް ނަންބަރު 10527 އިމާރާތުގެ ބޭރުގައި ސިމެންޓް ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ ތިން ވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުންޏެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެ.އެމްވީ އަށް ވިދާޅުވީ އެ މީހާ ވެއްޓުނީ ހަދަމުން ދިޔަ އިމާރާތަކުން ކަމަށެވެ.

އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

- ކޮމެންޓް