ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ޖުލައި މަހުތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ އަދަދާއި ހޭދަ ކުރި ދުވަސްތައް 99 އިންސައްތައް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
އޮގަސްޓު މަހު ނެރުނު ޖުލައިމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާފައިވާ އިރު، ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް އަލުން ފެށިފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އެމްއެމްއޭއިން ބުނެފައިވަނީ ރާއްޖެ އަންނަ ފަތުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން ދަށްކަމަށެވެ. އަދި މިއީ ކޮވިޑް-19 އާއި ގުޅިގެން ބައިނަލްއަގުވަމީ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކައި ގުޅިގެން ދިމާވި ކަމެއް ކަމަށެވެ.
ޖުލައިމަހު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާ ބަލާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތައް 79 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި އޮކިއުޕެންސީ ރޭޓް ވަނި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާ އިރު، 53 އިންސައްތައިން 5 އިންސައްތައަށް ދަށްވެފައެވެ.
ނަމަވެސް ޖެނުއަރީން ފެށިގެން ޖުލައިމަހާ ހަމައަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ މުޅި އަހަރަށް ބަލާނަމަ 61 އިންސައްތަ ދަށްވެފައެވެ. އަދި ބެޑްނައިޓްސްގެ އަދަދު ވަނި 56 އިންސައްތަ ދަށްވެފައެވެ.
މި މުއްދަތުގެ ތެރޭގައި ފަތުރުވެރިން ރާއްޖޭގައި ރޭ ހޭދަކޮށްފައިވާ މިންވަރު ހުރީ 24.4 އިންސައްތައިގައެވެ. ނަމަވެސް މިދިޔަ އަހަހަރު މިއަދަދު ކުރީ 6.3 އިންސައްތައިގައެވެ.