Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 22:29
ގާސިމް އިބްރާހީމް - އޭނާގެ ފޯނު އަތުލީ ކޯޓު އަމުރެއްގެ ދަށުން
ގާސިމް އިބްރާހީމް - އޭނާގެ ފޯނު އަތުލީ ކޯޓު އަމުރެއްގެ ދަށުން
މުހައްމަދު ޝަރުހާން
ގާސިމްގެ ފޯނު އަތުލުން
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި
ގާސިމްގެ ގެ މާފަންނު ވިލާ ވެސް ވަނީ ބަލާފާސްކޮށްފަ
މީގެ އިތުރުން ވިލާ ބިލްޑިންގ ބަލާ ފާސްކޮށްފައިވާއިރު، ވިލާ ހައުސް ވެސް ބަލާ ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވޭ
އެ ބަލާފާސްކުރުންތަކުން ތަހުގީގަށް ބޭނުންވާ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވޭ

ކޯޓު އަމުރެއްގެ ދަށުން ފުލުހުން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފޯން އަތުލައިފި އެވެ.

 

ޤާސިމް އިބްރާހިމްގެ ފޯނު އަތުލާފައިވާކަން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ގާސިމްގެ ފޯނު އަތުލާފައިވަނީ ފުލުހުން ހިންގަމުންދާ ތަހުގީގަކާއި ގުޅިގެންނެވެ.

 

ގާސިމްގެ ފޯނު ފުލުހުން އަތިލާފައިވާއިރު، އާދިއްތަ ދުވަހުގެ މެންދުރުފަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގާސިމް ދިރިއުޅުއްވާ ގެ ކަމަށްވާ މ. މާފަންނު ވިލާ ބަލާފާސްކޮށްފަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރަށް އެގޭގައި ފުލުހުން ހަރަކާތްތެރިވުމަށްފަހު، ތުހުމަތު ކުރެވޭ މައްސަލައާއި ގުޅޭ އެއްވެސް އެއްޗެއް ފެނުފައި ނުވުމުން ފުލުހުންވަނީ އެސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

 

މާފަންނު ވިލާ ބަލާފާސްކުރުމަށްފަހު، ގާސިމްގެ ކުންފުނިތައް ހިންގާ ވިލާ ބިލްޑިންގ އަށް ވެސް ފުލުހުން ވަދެ ބަލާފާސްކޮށްފައި ވެއެވެ. އަދި އެނގިފައިވާ ގޮތުގައި ވިލާ ހައުސް ވެސް ބަލާ ފާސްކޮށްފައި ވެއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގެ އިތުރުން ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއްކޮށް، މީގެ ކުރިން ގާސިމް ހައްޔަރު ކޮށްފައިވެސް ވެއެވެ. މިމަހުގެ ހަ ވަނަ ދުވަހު ގާސިމް ހައްޔަރުކުރުމަށްފަހު ގާސިމް ދޫކޮށްލާފައިވަނީ އޭގެ ހަ ދުވަސް ފަހުން ގާސިމް ދޫކޮށްލުމަށް ހައިކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް