Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 22:06
ޒައިދުލް އަމީން ކޯޓަށް ހާޒިރު ކުރަނީ
ޒައިދުލް އަމީން ކޯޓަށް ހާޒިރު ކުރަނީ
ޓްވިޓަރ
ޒައިދުލް އަމީން
މައުމޫން ފެކްޝަންގެ ޒައިދުލް އަމީން ގޭބަންދަށް ބަދަލުކޮށްފި
މީގެ ކުރިންވެސް ގޭބަންދަށް ބަދަލު ކުރުމަށް ފަހު އަނބުރާ ވަނީ ޖަލަށް ގެންގޮސްފައި
ބަންދުގެ މުއްދަތު 8 ފަހަރަށް ވަނީ އިތުރުކޮށްފައި
ދައުވާކުރަން ފޮނުވާފައިވަނީ މުޅިން އެހެން މައްސަލައެއްގައި

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޒައިދުލް އަމީން 15 ދުވަހަށް ގޭބަންދަށް އަނެއްކާވެސް ބަދަލުކޮށްފިއެވެ.

 

އޭނާ ގޭބަންދަށް އާދީއްތަ ދުވަހު ބަދަލުކޮށްފައި މިވަނީ އޭނާ ހައްޔރުކުރި ތުހުމަތުގެ ބަދަލުގައި މުޅިން އެހެން ތުހުމަތެއްގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފަހުގައެވެ.

 

ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ޒައިދު ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ޒައިދު ހައްޔަރުކޮށް މިހާތަނަށް އޭނާގެ ބަންދުގެ މުއްދަތު 8 ފަހަރެއްގެ މަތިން އިތުރުކޮށްފައި ވެއެވެ.

 

ޒައިދުގެ ގާނޫނީ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ އޭނާގެ މުވައްކިލު ހައްޔަރުކުރީ ފަނޑިޔާރަކު ބްލެކްމެއިލް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށާއި ނަމަވެސް، އޭގެ ފަހުން މީހުން ސިއްރުން ދައްކާ ވާހަކަ އަޑުއެހުމުގެ ތުހުމަތު ކުރި ކަމަށެވެ.

 

މަހުފޫޒު ވިދާޅުވީ ކުރާ ތުހުމަތު ތިން ވަނަ ފަހަރަށް ބަދަލުކޮށް ޒައިދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޒައިދުގެ މައްޗަށް ކުރަން ފޮނުވާފައިވަނީ ގާނޫނުލް އުގޫބާރުގެ 533 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ އަކުރުގައި ބަޔާންކޮށްފައިވާ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.

 

މަހުފޫޒް ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ ކޮންމެވެސް ގޮޅިއަކަށް ޒައިދު ފައްތާލެވޭތޯ ގާނޫނުލް އުގޫބާތު ހާމަވަމުން ދިޔަކަން ކަމަށެވެ. އަދި ޒައިދު ހައްޔަރުކޮށް ކުރި ތުހުމަތަކީ އަސްލެއް ނޫން ކަމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ގަބޫލުކުރައްވާކަން ހާމަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު ވިދާޅުވެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ފުލުހުން މަސައްކަތް ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަޔާނެއް ހޯދުމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް