ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 22:49
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް
މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް
ގެޓީ އިމޭޖަސް
ސަންޗޭޒް ޔުނައިޓެޑް ދޫކޮށްލުން
ފުރަތަމަ ފަރިތަކުރުންތަކަށްފަހު ޔުނައިޓެޑް ދޫކޮށްލަން ބޭނުންވި: ސަންޗޭޒް
ޔުނައިޓެޑްގައި ސަންޗޭޒްއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ
ސަންޗޭޒް މިހާރު ކުޅެމުން އަންނަނީ އިންޓަ މިލާނަށް

މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ ފަރިތަކުރުންތަކަށްފަހު އެ ކުލަބު ދޫކޮށްލަން ބޭނުންވި ކަމަށް ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ބުނެފިއެވެ.

އާސެނަލް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ އަހަރަކު 14 މިލިޔަން ޕައުންޑްގެ ބޮޑު މުސާރައަކަށެވެ. އަދި ސަންޗޭޒް ޔުނައިޓެޑާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހެދިއިރު، އެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

އެކަމަކު ޔުނައިޓެޑްގައި ސަންޗޭޒްއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ޔުނައިޓެޑަށް ކުޅެދިން 45 މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ފަސް ލަނޑެވެ. އެއާއެކު މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ވަނީ ސަންޗޭޒް އިންޓަ މިލާނަށް ލޯނު އެއްބަސްވުމެއް ދަށުން ދޫކޮށްފައެވެ. އަދި މިދިޔަ އޮގަސްޓް މަހު އިންޓައިން ވަނީ ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.

ދާދި ފަހުން ސަންޗޭޒް ބުނީ އާސެނަލް ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ ފޮނި އުންމީދުތަކަކާއެކު ކަމަށާއި، އެކަމަކު ޔުނައިޓެޑަށް ބަދަލުވެ ކުރިއަށްގެންދިޔަ ފުރަތަމަ ފަރިތަކުރުންތަކަށްފަހު ކުލަބު ދޫކޮށްލަން ބޭނުންވި ކަމަށެވެ. އަދި ބައެއް ކަންތައްތަކަކީ އެ ކަމެއް ކުރުމުގެ ކުރިން ފާހަގަވާ ކަންތައްތައް ނޫން ކަމަށާއި، ޔުނައިޓެޑަށް ބަދަލުވުމަށްފަހު އިހުސާސްކުރެވުނީ އެފަދައިން ކަމަށެވެ. އެގޮތުން ޔުނައިޓެޑްގެ ފުރަތަމަ ފަރިތަކުރުންތައް ނިންމާލުމަށްފަހު އެނބުރި ގެއަށް އައިސް އޭނާގެ އޭޖެންޓާއި އާއިލާ ގާތުގައި ޔުނައިޓެޑްގެ އެއްބަސްވުން އުވާލައި، އާސެނަލަށް އެނބުރި ދެވޭނެ ގޮތެއް އޮތްތޯ އެހި ކަމަށްވެސް ސަންޗޭޒް ވަނީ ބުނެފައެވެ.

ޔުނައިޓެޑާއެކު 2022 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައިވާ ސަންޗޭޒްގެ އެއްބަސްވުން އިންޓައިން ދާއިމީކުރިއިރު، އޭނާ އިންޓައަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އަދި ވަނީ އިންޓައާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ޔުނައިޓެޑުގައި ސަންޗޭޒްއަށް އަހަރަކު 14 މިލިޔަން ޕައުންޑްގެ މުސާރައެއް ލިބުނުއިރު، އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓައަށް ކުޅުނުއިރުވެސް، މުސާރައިގެ ބޮޑުބައި ދައްކަމުން އައީ ޔުނައިޓެޑުންނެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ސަންޗޭޒް އިންޓައަށް ބަދަލުވުމާއެކު، ކުރިއަށް އޮތް ދެ އަހަރު ސަންޗޭޒްއަށް ޔުނައިޓެޑުން ދައްކަން ޖެހޭ އަދަދު މަދުވާނެއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އުމުރުން 31 އަހަރުގެ ފޯވާޑް މިދިޔަ ސީޒަނުގައި އިންޓައަށް ކުޅުނުއިރު، އޭނާ ވަނީ އެޓީމަށް ކުޅެދުން 31 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް