Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 18:24
އަލިފާން ރޯވި ޑެލްރިއޯ ފިހާރައިން ދުން އަރަމުން ދަނީ
އަލިފާން ރޯވި ޑެލްރިއޯ ފިހާރައިން ދުން އަރަމުން ދަނީ
ރާއްޖެ އެމްވީ
ހުޅުމާލެ
ހުޅުމާލޭ ފިހާރައެއްގައި އަލިފާން ރޯވެއްޖެ
އަލިފާން ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ
އަލިފާން ރޯވެފައި ވަނީ ހުވަނދުމާ ހިނގުމުގައި ހުންނަ ފިހާރަބަރީގަ

ހުޅުމާލޭގައި އެންމެ ފުރަތަމަ ހެދި ފިހާރަ ބަރީގައި ހުރި ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް، އާދީއްތަ ދުވަހު މެންދުރު ހިނގައިފި އެވެ.

ހުވަނދުމާ ހިނގުމުގައި ހުންނަ ފިހާރަބަރީގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ. އަދި ލިބުނު ގެއްލުމުގެ ތަފްސީލެއް ވެސް ނޭނގެ އެވެ.

ފުލުހުން ބުނި ގޮތުގައި ޑެލްރިއޯ ކިޔާ މި ފިހާރައިގައި އަލިފާން ރޯވެގެން ރިޕޯޓްކުރީ 1:00 ހާއިރު ކަމަށެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ވަގުތުން ކުރިއަށް ގެންދިޔަ ކަމަށާއި 1:30 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މި ހާދިސާ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް