ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 11:15
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
މުޖުތަމައުއަށް އިންވެސްޓް ކުރުމަކީ ބީއެމްއެލްގެ ސްޓްރެޓެޖީގެ މުހިއްމު ބައެއް
2019 ވަނަ އަހަރު 140 ސީއެސްއާރް ހަރަކާތެއް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާފައިވޭ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ 10 ސްކޫލަކަށް ތަކެތި ވަނީ ހަދިޔާކޮށްފަ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެގޮތުން 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ވަނީ ހަދިޔާކޮށްފަ

ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން މުޖުތަމައުއަށް އިންވެސްޓް ކުރުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ސްޓްރެޓެޖީގެ މުހިއްމު އެއްބައި ކަމަށް އެކުންފުނީގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ޓިމް ވިދާޅިވީ ފާއިތުވެދިޔަ 2019 ވަނަ އަހަރު ވެސް ޖުމްލަ 140 ސީއެސްއާރް ހަރަކާތެއް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭންކުން ހިންގާފައިވާނެ ކަމަށެވެ. އެގޮތުން، ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާއާތްތައް ބާރުވެރިކުރުމުގެ ގޮތުން ތައާރަފްކުރެވުނު އެއް މިލިއަން ރުފިޔާގެ ކޮމިއުނިޓީ ފަންޑާއެކު މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް އިތުރުވެގެން ދިޔަކަމަށް ޓިމް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ 10 ސްކޫލެއްގައި އެފަދަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ އިތުރުން އެ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ ކްލާސް ރޫމްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ބޭންކުން ކޮށްފައިވާނެ ކަމަށް ޓިމް ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެގޮތުން 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއަރ ވެސް އެކުންފުނިން ވަނީ ހަދިޔާކޮށްފައެވެ.

ބީއެމްއެލް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ’ބީއެމްއެލް ވައު ކިޑްޒް ރަން‘ މެދުވެރިކޮށް ހޯދުނު ފައިސާގެ އެހީ، ”ބީޓް ބުލީން“ ކެމްޕެއިން އަށް ހަދިޔާ ކޮށްފައިވާއިރު، މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއަށް ބޭންކުގެ މުވައްޒަފުން ވަނީ ފާއިތުވި އަހަރު ފައިސާ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ފެމިލީ ލީގަލް ކްލިނިކް އާއި ވިމެން އިން ޓެކް އަށް ވެސް ބޭންކުންވަނީ ފައިސާ ހަދިޔާ ކޮށްފައެވެ.

- ކޮމެންޓް