ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 18:44
2016 ވަނަ އަހަރު އިންތިޚާބުކުރި ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ: އައު އިންތިޚާބު އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި
2016 ވަނަ އަހަރު އިންތިޚާބުކުރި ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ: އައު އިންތިޚާބު އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި
ޓޭބަލް ޓެނިސް އެސޯސިއޭޝަން
ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބު
ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި
ޓީޓީގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، އެކަން ހުއްޓުވުމަށް ވަނީ ގޮވާލާފައި
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުން ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހު

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ޓީޓީގެ މައި އިދާރާ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން ދީފިއެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން ޓީޓީ އެސޯސިއޭޝަނަށް ފޮނުވާފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފުރިހަމައަށް އެ އިދާރާއިން އިތުބާރުކުރާ ކަމަށާއި، ޓީޓީގެ ކަންކަން މިހާތަނަށް ކުރިއަށް ގޮސްފައިވަނީ ކުޅިވަރާް ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިން ކަމަށް ބުނެފައެވެ. އަދި ޓީޓީގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، އެކަން ހުއްޓުވުމަށް އެ އިދާރާއިން ވަނީ ގޮވާލާފައެވެ. ނޫންނަމަ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު އެ ބަޔާނުގައި ވަނީ ދީފައެވެ.

ބުރާސްފަތި ދުވަހު ޓީޓީ އެސޯސިއޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށާއި، ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިންތިޚާބީ ކޮމިޓީން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އިންތިޚާބު ބޭއްވުމަށް އެ މަޖިލީހުން ރުހުންދީފައިވާ ކަމަށެވެ. މީގެ އިތުރުން ސުޖާއު ވިދާޅުވީ، ޓީޓީގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިގެން އުޅޭ ފަރާތްތަކަކީ، އެ ފަރާތްތަކުގެ އަމިއްލަ ބޭނުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އުޅޭ ފަރާތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެފައެވެ. ޓީޓީގެ މައްސަލަ ހުށަހަޅާފައިވަނީ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބީ ބޮޑެތި މައްސަލަތަކެއް ފެންމަތި ކޮށްފައިވާއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހެޅުނު މައްސަލައިގައި އެ މަޖިލީހުން ނިންމާފައިވަނީ، ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބީ މައްސަލަތައް ހުށައެޅި ހިންގާ ކޮމިޓީގެ ތިން މެމްބަރުން ކަމަށްވާ އަލިބެ އާއި އާއިޝަތު ނިޝާ އަދި އިބްރާހީމް ލަތީފް ހިމެނޭ ހިންގާ ކޮމިޓީން ފާސްކޮށް އިއުލާން ކޮށްފައިވާ ވަގުތެއްގައި، ޖަމުޢިއްޔާގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ފިޔަވަޅު އެޅުމާއި، އަދި މިހާރު އޮތް ހިންގާ ގަވާއިދުގެ ދަށުން ކުރިއަށް ގެންދާ އިންތިޚާބެއް ހުއްޓުވުމަކީ، ޓީޓީ އެސޯސިއޭޝަނާއި ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރެވި އަދި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އަދި ޓީޓީ އެސޯސިއޭޝަނަކީ ގައުމީ ހައިސިއްޔަތު ދެވިފައިވާ ޖަމުޢިއްޔާއެއް ކަމަށްވުމާއި، އެ ޖަމުޢިއްޔާއަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި، އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އަދި ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ މެންބަރެއް ކަމަށްވެފައި، އެއީ ޓީޓީ އެސޯސިއޭޝަނުގެ އެތެރޭގެ މައްސަލަތަކެއް ކަމަށްވުމާއެކު، ހިންގާ ކޮމިޓީން އެ މައްސަލަތައް ހައްލުކުރުމަށް ހިންގާ ގަވާއިދާއި އަދި ޖަމުޢިއްޔާއިން އެފްލިއޭޓް ވެފައިވާ ބައިނަލްއަގުވާމީ އިދާރާތަކުން މިފަދަ ކަންކަމުގައި ތަބާވުމަށް އަންގަވާފައިވާ ގޮތުގެ މަތިން އަދި މުސްތަގިއްލުކޮށް ޖަމުޢިއްޔާގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއަޅައި އެއްބާރުލުން ދިނުމަށް ވަނީ ދަންނަވާފައެވެ. އަދި ހިންގާ ކޮމިޓީގެ ތިން މެންބަރުން ފޮނުއްވި ސިޓީން އެދިވަޑައިގެންފައިވާ ފިޔަވަޅުތައް އަޅައިދެވެން ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ނިންމުން މިގޮތަށް އައިސްފައިވާއިރު، އަންނަ އަންގާރަ ދުވަހު އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނެގުމަށް އޭނާ ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 15 ކުލަބަކާއި، 270 މެންބަރުން ވޯޓުލާނެ ކަމަށާއި، މިހާރުގެ ހާލަތާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 23:16
ލަލަލާ
ބާ ކޮ ބާ ހަސަނާ އައި ޓީ ޓީ އެފް ގޮވައިގެން ކޯޓް އަށް ނުދަން ތަ؟