ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 17:31
ރަން ފޯ މޯލްޑިވްސްގެ ޕޯސްޓަރެއް: ދުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު
ރަން ފޯ މޯލްޑިވްސްގެ ޕޯސްޓަރެއް: ދުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު
ޓްވިޓަރ
ރަން ފޯ މޯލްޑިވްސް
ރަން ފޯ މޯލްޑިވްސްގައި ދުވެގެން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު
މި ދުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު
މި ދުވުމަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، ކޮވިޑް-19 ގެ ބަތަލުންނަށް ހާއްސަކޮށްގެން ބާއްވާ ދުވުމެއް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ވާޗުއަލް ދުވުން ކަމަށްވާ "ރަން ފޯ މޯލްޑިވްސް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔުނިކްސް ސްޕޯޓިންއިން އިންތިޒާމުކޮށްގެން ބާއްވާ މި ދުވުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ޔުނިކްސް ސްޕޯޓިންއިން މައުލޫމާތުދޭ ގޮތުގައި އޮންލައިން މި ދުވުމަކީ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، ކޮވިޑް-19 ގެ ބަތަލުންނަށް ހާއްސަކޮށްގެން ބާއްވާ ދުވުމެކެވެ. އަދި މިފަދަ ދުވަސްވަރެއްގަައި މި ދުވުން ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ފުރަބަންދުގެ ސަބަބުން ހަރަކާތްތެރިވެ އުޅުން މަދުވެފައިވީ ނަމަވެސް، އެކުގައި އުޅުމާއި އުފަލުގެ ރޫހު އާލާކުރުމެވެ.

ރަން ފޯ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ދިވެހިންނަށް މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދުވުމުގައި ބައިވެރިވެވޭނެއެވެ. އަދި ބޭރު މީހުންނަށް އެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެބ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މައުލޫމާތުދެއެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު www.runformaldives.com އިން ލިބޭނެއެވެ.

އުމުރުން ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ހަތަރު ކެޓަގަރީއެއް ވަނީ އެކުލަވާލާފައެވެ. އެ ކެޓަގަރީތަކަކީ 5.5 ކިލޯމީޓަރާއި، 15 ކިލޯމީޓަރާއި، 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. މީގެ ތެރެއިން 870 ކިލޯމީޓަރަކީ ފަސް މެންބަރުންގެ ޓީމުތަކަށް ހުޅުވާލާފައިވާ ޗެލެންޖެކެވެ.

ދުވުމުގެ ބައިވެރިންނަށް ދީފައިވާ ވަކި ވަގުތެއްގެ ތެރޭގައި، ގޭގައި ޓްރެޑްމިލްގައި ނުވަތަ މަގުމަތީގައިވެސް ދުވެ ޗެލެންޖް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މެޑެއްޔެއް ލިބޭއިރު، ބައިވެރިންގެ ތެރެއިން ހޮވާ ނަސީބުވެރި 10 މީހަކަށް ޔުނިކްސް ސްޕޯޓްސްގެ ޕާޓްނާ ހޮޓެލް ނުވަތަ ރިޒޯޓުތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޔުނިކްސް ސްޕޯޓިންއިން ރަން ފޯ މޯލްޑިވްސް އިންތިޒާމުކުރާއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ "ސަނީ ސައިޑް އޮފް މޯލްޑިވްސް" އިން ވަނީ މި ދުވުން އެންޑޯސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް