ދަރިވަރަކާ ބަދްއަޚްލާޤީ ޢަމަލު ހިންގި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ ދ މީދޫގައި ހުންނަ ދ އަތޮޅު މަދަރުސާގެ ދަރިވަރަކާ ބަދުއަހުލާގީ އަމަލު ހިންގި ޓީޗަރަކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި މީގެ ތިން ދުވަސް ކުރިން މީދޫއިން ހައްޔަކުރުރީ އިންޑިއާއަށް ނިސްބަތްވާ ފިރިހެން ޓީޗަރެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މައްސަލަ ފެންމަތިވެފައި ވަނިކޮށް އެރަށުން ފުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީދޫން ބިދޭސީ އަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ.
ނަމަވެސް ހައްޔަރުކޮށްފައިވަނީ ޓީޗަރެއްކަމެއް އަދި އޭނާ ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ ސްކޫލް ދަރިވަރަކާ ކަމެއް ފުލުހުން ނުބުނެއެވެ.