Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 04:52
ޤާސިމް ހޮނިހިރު ދުވަހުގެޜޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޤާސިމް ހޮނިހިރު ދުވަހުގެޜޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ޤާސިމްގެ ރައްދު
މިއައީ ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި: ގާސިމް
އިސްލާހީ މަސައްކަތާ ގުޅޭ މީހުން ދަނީ އިތުރުވަމުން
ރައީސް ޔާމީން އަމިއްލަފުޅަށް ވިސްނާލަން އެބަޖެހޭ ކަން މިކުރެވެނީ ރަނގަޅަށްތޯ
މެމްބަރުންގެ އަދަދު ވަނީ ހަމަވެފައި

ޖަލުގައި ހޭދަ ކުރެއްފަހު މި ވަޑައިގަތީ  "ހަ ދުވަހުގެ ސްކޮލަޝިޕެއްގައި އޮވެފައި" ކަމަށާއި ހިތްވަރާއެކު އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ޖަލުން ދޫކޮށްލެއްވި ފަހުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް ވިދާޅުވީ ޤާނޫނާ ޚިލާފު އެއްވެސް ވާހަކައެއް އޭނާ ނުދައްކަވާ ކަމަށާއި ކުނޫޒްގައި ދެއްކެވި  އެވާހަކަ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންނާއި ގުޅިފައިވާ ޕާޓީތަކުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ރިއާޔަތްކުރައްވައި ދެއްކެވި ވާހަކަ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ޕީޕީއެމަށް ބަދަލުވެފައިވާ މެންބަރުން އަނބުރާ ޖޭޕީއަށް ވަޑައިގެންފިނަމަ ދެންއޮންނަ އިނތިޚާބެއްގައި ޓިކެޓްދީ އެގޮނޑިއަށް ހޮވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަކީ  ނުސީދާކޮށް ބަޔަކަށްް ބާރު ފޯރުވުމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ. އެވާހަކައަށް ނިސްބަތްކޮށް ރިޝަވަތު ދޭން އުޅުނުކަމަށް ބުނެ ދައުވާކުރާއިރު ކޯޓުތަކުންވެސް އަދި ޕްރޮސެކިއުޓަރ ޖެނެރަލްވެސް އިންސާފުން އެކަން ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ހައްޔަރުކޮށް ދޫނިދޫ ގޮޅީގައި ބޭއްވި ބޭއްވުމަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ ކުރިއާ ޚިލާފަށް ޖަލުތަކުގައި ބޮޑެތި ޤަވާއިދުތަކެއް ހަދާ ކަންކަން ކުރަން ފަށާފައިވާ ކަމަށާއި އެތަނުގައި ތިބޭ ފުލުސް ކުދިންގެވެސް އިންސާނިއްޔަތުކަމާއެކު ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ބަންދަކީ ސްކޯލާޝިޕެއްގެ ގޮތުގައި ސިފަ ކުރެއްވެވިއިރު، އިސްލާހުގެ މަސައްކަތަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. 

އިސްލާހީ މަސައްކަތުގައި ބައިވެރިވާ މީހުން އިތުރުވާތީ އުފާކުރައްވާ ކަމަށާއި އެކަމުން ޔަޤީންކޮށްދެނީ  ރާއްޖޭގެ ގިނަ ރައްޔިތުން އިސްލާހީ މަސައްކަތް ބަލައިގަންނަކަން ކަމަށާއި  ނާއިންސާފުން ކަންކަން ވާކަށް ރައްޔިތުން ނޭދޭކަން ކަމަށެވެ.

"އިސްލާހީ މަސައްކަތަކީ ނިމުން އޮތް ކަމެއް ނޫން. ތަރައްޤީ ގެނެވޭނީ އިސްލާހުކޮށްގެން. ރައްޔިތުންގެ ކަންކަން ކުރަން ޖެހޭނީ ދެފުށް ފެންނަ ގޮތަށް. ރައީސްވެސް ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަން އޮތްވާހަކަ. އެކަމަކު ފެންނަނީ އެކަން އިސްލާހު ނުކޮށް ކުރިއަށްދާތީ،" ޤާސިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސާއި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ އެ ބޭފުޅުން ބޭނުންވަނީ ގަދަ ދައްކައިގެން ކަންކަކުރާކަށް ނޫންކަމަށާއި އެހެން އެކަން ކުރާނަމަ ދާނީ ގޯހުން ގޯހަށް ކަމަށެވެ.

މަޖިލީހުގައިސަރުކާރުގެ މެޖޯރިޓީ އޮތް ނަމަ ގަވާއިދުތަކަށް ކުއްލި ބަދަލުތައް ގެނެސްގެން އެވަރުން އުޅެން ޖެހޭނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ ރައީސް ޔާމީނަށް އިތުބާރު ނެތުމުން ކަމަށެވެ. އެހެންވެ، އެކަމާމެދު ރައީސް ޔާމީން އަމިއްލަފުޅަށް ވިސްނެވުމަށް ޤާސިމް ގޮވާލެއްވިއެވެ.

" ފުރަތަމަ ބުނީ ރޯލްކޯލްއަށް ދާށޭ. މަޖިލީހުގައި އިލެކްޓްރޯނިކް އެސިސްޓަމް ބެހެއްޓިފަހުން އެގޮތަކަށް ވޯޓެއް ނަގާފައެއްނެތް. މިހާބޮޑު މެޖޯރިޓީއެއް އޮވެ އެގޮތަށް އެކަން ކުރަނީ އެކޮންފިޑެންސް ނެތީމަ. ސަބަބަކީ ޔާމީން ވެރިކަމަށް ގެނައުމަށް ގެނައި ފަރާތްތައްވެސް އެތިބީ ފެއަށް ވަޑައިގެން. ޔާމީން އަމިއްލައަށް ވިސްނަންވީ ކަންމިކުރެވެނީ ރަނގަޅަށްތޯ. އަވަހަށް ވިސްނާ އިސްލާހު ކުރަންވީ. ކޮރަޕްޝަން ހުއްޓާލަންވީ.ހަމަހިމޭނުން ތަނެއްގައި އިންނަވައިގެން ރަނގަޅަށް ވިސްނަވާލައްވާ" ޤާސިމް ވިދާޅުވިއެވެ.
 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ވަނަ ފަހަރަށް ވެސް މަޖިލީހަށް ވައްދާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވާއިރު، ގާސިމް  ވިދާޅުވީ "މެމްބަރުންގެ އަދަދު ވަނީ ހަމަވެފައި" ކަމަށެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައި ވަނިކޮށް، ގަވާއިދަށް ގެނައި ކުއްލި އިސްލާހާއެކު މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ ބަދަލު ގަވާއިދަށް ގެނެސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް