ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 16:52
ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ލ. މާބައިދޫގައި ގާއިމުކުރި އިޖުތިމާޢީ މަރުކަޒު
ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ލ. މާބައިދޫގައި ގާއިމުކުރި އިޖުތިމާޢީ މަރުކަޒު
ކުޅިވަރާ ބެހޭ ވުޒާރާ
އިޖުތިމާޢީ މަރުކަޒުގެ މަސައްކަތްތައް
މާބައިދޫ އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލައިފި
އެ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދުމުގައި ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ
މާބައިދޫ ކައުންސިލަށް މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައި

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ލ. މާބައިދޫގައި ގާއިމުކުރި އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލައިފިއެވެ.

މާބައިދޫ އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލިކަން އިއުލާން ކުރައްވާ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާބައިދޫ ޒުވާނުން އަދި ކައުސިލުން އެދުނު ގޮތަށް އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ހަމައެހެންމެ އެ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މަޙްލޫފް ވަނީ ދެއްވާފައެވެ.

އަދި މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި މާބައިދޫ ކައުންސިލްގެ ފަރާތުން ލިބުނު އެހީތެރިކަމަށް މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާބައިދޫގައި ގާއިމުކުރި އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލިއިރު، މީގެ ކުރިން މިދިޔަ ޖޫން މަހު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ހއ. ފިއްލަދޫގައި ގާއިމުކުރި އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލާފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އަންނަނީ ޒުވާނުން މުނިފޫހިފިލުވައި ކުޅިވަރު ކުޅެ ހުނަރު އިތުރުކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާޢީ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ދެ ޖިންސްގެ ޒުވާނުންވެސް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު އޮންނަ ގޮތަށް ގާއިމުކުރެވެމުންދާ މަރުކަޒުތަކެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް