ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 15:05
އުރީދޫ އަތޮޅު ދުވުމުގެ ތެރެއިން
އުރީދޫ އަތޮޅު ދުވުމުގެ ތެރެއިން
އުރީދޫ
އުރީދޫ އަތޮޅު ދުވުން
އުރީދޫ އަތޮޅު ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފި
އުރީދޫ އަތޮޅު ދުވުމުގައި 5،000 ށްވުރެ ގިނަ މީހުން ބައިވެރިވި
މާލޭގެ އިތުރުން އަތޮޅު ތެރެއިންވެސް ވަނީ މި ދުވުމަށް ބޮޑު ތަރުހީބަށް ލިބިގެން ގޮސްފައި

އުރީދޫ އަތޮޅު ދުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ފެށި އުރީދޫ އަތޮޅު ދުވުމުގައި 5،000 ށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އުރީދުން މައުލޫމާތުދެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވި ފުރަތަމަ ވާޗުއަލް ދުވުމެވެ. އުރީދުން މާއުލޫމާތުދޭ ގޮތުގައި މި ދުވުމުގެ މައިގަނޑު މަގްސަދަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދިނުމެވެ. އަދި އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، މިފަދަ ދުވުމެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެކަނިވިޔަސް އަދި އާއިލާ އާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދާދިނުން ކަމަށްވެސް އުރީދޫން ބުނެއެވެ.

މީގެ ކުރިން މި ދުވުނުން ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ބައިވެރިންގެ އެދުމާއެކު ފަހުން ވަނީ ހޯމަ ދުވަހުގެ ނިޔަލަށް ދުވުން ކުރިއަށް ގެންގޮސްފައެވެ. އުރީދޫގެ އަތޮޅު ދުވުން ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލިއިރު، މާލޭގެ އިތުރުން އަތޮޅު ތެރެއިންވެސް ވަނީ މި ދުވުމަށް ބޮޑު ތަރުހީބަށް ލިބިގެން ގޮސްފައެވެ.

އުރީދޫ އަތޮޅު ދުވުމުގެ ތެރެއިން

އުރީދޫން މައުލޫމާތުދޭ ގޮތުގައި މި ވާޗުއަލް ދުވުމުގައި ދިވެހިންނާއެކު އުރީދޫ ފުރިހަމަކުރި ކާމިޔާބު 15 އަހަރުގެ ރަމްޒެއްގެ ގޮތުގައި 20 އަތޮޅުން 20 ދުވުންތެރިން 15 ކިލޯމިޓަރު، ރާއްޖޭގެ އުތުރުން ދެކުނަށް ވަނީ ފުރިހަމަ ކޮސްފައެވެ. އަދި މި 15 ކިލޯމީޓަރުގެ ދުވުމަކީ ވާޗުއަލް ރިލޭއެއް ކަމަށްވެސް އުރީދޫން ފާހަގަކުރެއެވެ.

މީގެ އިތުރުން އުރީދޫ އަތޮޅު ދުވުމުގެ ޕާޓްނަރުންނާއި ގުޅިގެން ދުވުންތެރިންނަށް ވަރަށް ހާއްސަ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ދުވުމުގެ ތެރެއިން ނަގާފައިވާ ފޮޓޯ، ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ "އައިފޯން އެސްއީ" އެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

އަދި ދުވުން ނިންމުމަށްފަހު، މެޑަލް ޕޯޓަލްއަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި 100 ފަރާތަކަށް، 100 ރުފިޔާގެ ވާއުޗާއެއް ހެބިޓަސް ފްރެޝްގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި ފަސް ފަރާތަކަށް ދަ މެރަތަން ޝޮޕްގެ ފަރާތުން 1،000 ރުފިޔާގެ ވައުޗާ އަދި ނަސީބުވެރި ތިން ފަރާތަކަށް މެޑްމެކްސްގެ ފަރާތުން ދެ މީހުންނަށް ރޭގަނޑުގެ ކެއުމެއް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް