ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 12:48
ދެކުނު ކޮރެޔާގެ އެންމެ ބޮޑު އެއް ޕޯޓް
ދެކުނު ކޮރެޔާގެ އެންމެ ބޮޑު އެއް ޕޯޓް
އޭއެފްޕީ
ދެކުނު ކޮރެޔާގެ އެކްސްޕޯޓް ދަށަށް
ދެކުނު ކޮރެޔާގެ އެކްސްޕޯޓް ދަށަށް
އެންމެ ގިނަ މުދާ އެތެރެކުރަނީ ޗައިނާ އަށް
ޑިމާންޑު ދަނީ އިތުުރުވަމުން

ދެކުނު ކޮރެޔާގެ އެކްސްޕޯޓްގެ މިންވަރު ދަށަށް ހިނގައްޖެއެވެ.

އެ ޤައުމުގެ އެކްސްޕޯޓްގެ މިންވަރު ދަށްވި ސަބަބުތަކުގެ ތެރޭގައި މަސައްކަތް ކުރާ ދުވަސްތަކުގެ އަދަދު މަދުވުން ހިމެނެއެވެ. އެކަމަކު ލޮކްޑައުން އަށް ދިން ލުއިތަކާއި އެކު ޑިމާންޑު އަންނަނީ ބޮޑުވަމުންނެވެ.

އަހަރު ކުރީކޮޅާއި އަޅާބަލާއިރު ކޮރެޔާ އިން ބޭރު ކުރި މުދަލުގެ އަދަދު އޮގަސްޓު މަހު ވަނީ 9.9 އިންސައްތަ ދަށްވެފައެވެ. ދެކުނު ކޮރެޔާއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރަނީ ޗައިނާ އަށެވެ. މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު ޗައިނާ އަށް އެކްސްޕޯޓް ކުރާ މިންވަރު އިތުރު ވެފައިވަނީ 3.6 އިންސައްތައަށެވެ. އެމެރިކާ އަދި ޔޫރަޕްގެ ގައުމުތަކަށް އެކްސްޕޯޓް ކުރި މުދަލުުގެ އަދަދު އުޅެނީ 6.4 އިންސައްތަ އާއި 4.1 އިންސައްތަ ދެމެދުގެ މިންވަރެއްގައެވެ.

ދެކުނު ކޮރެޔާ އިން އެންމެ ގިނައިން ވިއްކާ ސެމީ ކޮންޑަކްޓާސްގެ އަދަދު 2.8 އިންސައްތަ މައްޗަށް ޖެހިލާފައިވާއިރު ކޮމްޕިއުޓަރުތަކުގެ އިތުރުން ގޭގައި ބޭނުން ކުރާ ސާމާނުތައް އިމްޕޯޓް ކުރި އަދަދު އުޅެނީ 106.6 އިންސައްތަ އާއި 14.9 އިންސައްތަ ދެމެދުގެ މިންވަރެއްގައެވެ.

އިމްޕޯޓް ކުރާ ތަކެތީގެ މިންވަރު 16.3 އިންސައްތަ ދަށްވެފައިވާއިރު، މިދިޔަ މަހު އިމްޕޯޓްގެ އަދަދު ދަށްވި އިންސައްތަ އުޅެނީ 11.6 ގައެވެ. ކުރިން އަންދާޒާ ކުރީ ކުރި 15.2 އިންސައްތައިގެ ދަށްވުމެއް އަންނާނެ ކަމަށެވެ. މި އަދަދާއި އެކު ޓްރޭޑް ސާޕްލަސް އުޅެނީ 4.12 ބިލިއަން ޑޮލަރުގައެވެ.

މި އަދަދުތައް ހާމަކޮށްފައިވަނީ ކޮރޯނާވައިރަހުގެ ދެވަނަ ރާޅެއް އައިސް ކޭސްތަކުގެ އަދަދު އިތުރުވާން ފަށައިފައި ވަނިކޮށެވެ.

- ކޮމެންޓް