ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 17:06
އެމްޓީޑީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެމްޓީޑީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެމްޓީޑީސީ
އެމްޓީޑީސީގެ ހިއްސާގެ ފައިދާ ދޫކުރަން ފަށާނީ އަންނަ މަހު 15 ގައި
އެމްޓީޑީސީގެ ހިއްސާ އަކަށް ބަހަނީ 50 ލާރި
މިހާރު ކުރިއަށް ދަނީ ހިއްސާ ދޫކުރުމަށް ވާންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް

އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާ ދުކުރަން ފަށާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީޑީސީ އިން ބުނީ ހިއްސާ އަލަށް 50 ލާރި ބަހަން އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އިން ފާސްކުރުމާއި އެކު މިހާރު ކުރިއަށް ދަނީ ހިއްސާ ދޫކުރުމަށް ވާންޖެހޭ ހުރިހާ އިދާރީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އޮގަސްޓް މަހު 29 ވަނަ ދުވަހު ކުރިއަށް ދިޔަ އޭޖީއެމް ގައި ހިއްސާ ބަހަން ފާސްކޮށްފައި ވަނީ އެ ޖަލްސާގައި ބައިވެރިވި 1،234 ހިއްސާދާރުންގެ ތެރެއިން 899 ހިއްސާދާރުންގެ ވޯޓުންނެވެ. މިއީ 11 އަހަރަށް ފަހު އެމްޓީޑީސީ އިން ހިއްސާގެ ފައިދާ ބަހަން ހުށައެޅި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރެވެއެވެ.

މިއަހަރުގެ އޭޖީއެމް އެމްޓީޑީސީ އިން ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، ފަހިވޯޓް މެދުވެރިކޮށް ވާޗުއަލްކޮށެވެ.

- ކޮމެންޓް