ކ. މާލެ
|
15 އޭޕްރިލް 2017 | ހޮނިހިރު 16:51
"ޑަންގަލް" ދަނީ ބޮޑު ކާމިޔާބީއެއް ހޯދަމުން
"ޑަންގަލް" ދަނީ ބޮޑު ކާމިޔާބީއެއް ހޯދަމުން
ގޫގުލް
"ޑަންގަލް" ޗައިނާއަށް
އާމިރުޚާންގެ "ޑަންގަލް" ޗައިނާއަށް
ބޮކްސް އޮފީހުގެ ގިނަ ރިކޯޑްތަކެއް އެ ފިލްމުން ވަނީ މުގުރާލާފަ
ޗައިނާގައި ޑަންގަލް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް އާމިރް ވަނީ ފަށައިފަ

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ރިލީޒްކުރި އާމިރު ޚާންގެ "ޑަންގަލް" ބޮކްސް އޮފީހުގެ ގިނަ ރިކޯޑްތަކެއް މުގުރާލުމަށް ފަހު، ޗައިނާއަށް މިސްރާބު ޖަހައިފިއެވެ.

 

އެގޮތުން މި މެއިމަހުގެ 5 ވަނަ ދުވަހު ޗައިނާގެ ސިނަމާތަކުގައި މި ފިލްމު އަޅުވަން ތައްޔާރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ޗައިނާއަކީ ކުރިންވެސް އާމިރް ޚާން އަށް ކާމިޔާބު މާކެޓެކެވެ. ޗައިނާގައި  "ޑަންގަލް" ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް އާމިރް ވަނީ ފަށައިފައެވެ. އެގޮތުން ފިލްމުގެ ޑައިރެކްޓަރ ނިތޭޝް ތިވާރީ އާއި އަމިރް މިހާރު ވަނީ ޗައިނާ އަށް ގޮސްފައެވެ.

 

އާމިރްގެ ފިލްމުތަކުގެ ތެރެއިން "ޕީކޭ" އާއި" ތްރީ އިޑިއެޓްސް" އަދި "ދޫމް 3" ވަނީ ޗައިނާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާފައެވެ. "ޕީކޭ" ވެފައިވަނީ މިހާތަނަށް ޗައިނާގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ހިންދީ ފިލްމަށެވެ. އެގައުމުގެ 4،000 ސްކްރީންގައި "ޕީކޭ" އަޅުވާފައިވާއިރު "ތްރީ އިޑިއެޓްސް"އަކީ 1970ގެ ފަހުން ޗައިނާގައި އެޅުވި އިންޑިއާގެ ފުރަތަަމަ ފިލްމެވެ.

 

"ޑަންގަލް" އަށްވެސް ޗައިނާ އިން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެގައުމުގެ ގިނަ ސިނަމާތަކެއްގައި މި ފިލްމު އަޅުވަން ނިންމާފައިވާއިރު، ފިލްމު އެޅުވުމުގެ ކަންތައް މިހާރު ވަނީ ޑިސްޓްރިބިއުޓަރަކާ ހަވާލުކޮށްފައެވެ.

"ޑަންގަލް" އަށް އިިންޑިއާ އިންވެސް ބޮޑު ތަރުހީބެެެއް ލިބުނެވެ. އެގޮތުން ބޮކްސް އޮފީހުގެ ގިނަ ރިކޯޑްތަކެއް އެ ފިލްމުން ވަނީ މުގުރާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް