ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 09:59
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ޕީއެސްއައިޕީ މަޝްރޫއުތައް
ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 2.7 ބިލިއަން ރުފިޔާ ހަރަދުކޮށްފި
ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން 717.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 72.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި
ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 236 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ޕީއެސްއައިޕީ ގެ އެކި މަޝްރޫއުތަކަށް 2.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކޮށްފައި ވަނީ 2.6 ބިލިއަން ރުފިޔާއެވެ.

އޮގަސްޓް 20 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް ސަރުކާރުން 717.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ބަނދަރުގެ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައި ވަނީ 310.2 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓްގެ އެކި މަޝްރޫއުތަކަށް 160.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖުގެ މަޝްރޫއުތަކަށް ސަރުކާރުން ވަނީ 192.4 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެއިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 72.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 38.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، ފެނާ ނަރުދަމާގެ އެކި މަޝްރޫއުތަކަށް ހޭދަ ކޮށްފައި ވަނީ 199.8 މިލިއަން ރުފިޔާ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުގައި ވާގޮތުން، ސިއްހީ އަދި އިޖުތިމާއީ އެކި މަޝްރޫއުތަކަށް 236 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބިތަކުން ދައްކާ އިރު، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރުގެ އެކި މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ 62.359.8 މިލިއަން ރުފިޔާ އެވެ.

އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 17.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 79.6 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ތަފާސް ހިސާބުތަކުގައި ވާގޮތުން މިސްކިއްތައް އިމާރާތްކޮށް މަރާމާތުކުރުމަށް 23.7 މިލިއަން ރުފިޔާ ވަނީ އޮގަސްޓް 20 ގެ ނިޔަލަށް ހަރަދުކޮށްފަ އެވެ. އަދި ބިން ހިއްކުމާއި މަގު ހެދުމަށް ޕީއެސްއައިޕީ ބަޖެޓުން 735.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

- ކޮމެންޓް