ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 09:21
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ސަރުކާރުގެ އާމްދަނީ
ސަރުކާރުގެ ހަރަދުތަކަށް ވުރެ އާމްދަނީ 47.5 އިންސައްތަ ދަށް
އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 8.3 ބިލިއަން ރުފިޔާ
ސަރުކާރުން ވަނީ 15.8 ބިލިއަން ރުފިޔާ ހަރަދުކޮށްފަ
ފާއިތުވި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ 15.8 ބިލިއަން ރުފިޔާ

ސަރުކާރުގެ ހަރަދަށް ވުރެ، ސަރުކާރަށް ލިބުނު އާމްދަނީ 47.5 އިންސައްތަ ދައްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް އިން ދައްކާގޮތުން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 8.3 ބިލިއަން ރުފިޔާއެވެ. އަދި މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 15.8 ބިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ 15.8 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުކޮށްފައި ވަނީ 15.5 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް ސަރުކާރަށް ލިބިފައި ވަނީ 6.8 ބިލިއަން ރުފިޔާއެވެ. ނަންޓެކްސް ރެވެނިއުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި ލިބިފައިވަނީ 5.2 މިލިއަން ރުފިޔާއެވެ. އަދި ގްރާންޓްސްގެ ގޮތުގައި ލިބިފައި ވަނީ 33.1 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި ސަރުކާރުން ވަނީ 10.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 5.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެޑްމިނިސްޓްރޭޓިވް އެންޑް އޮޕަރޭޝަނަލް އެކްސްޕެންސެންސް އަށް 4.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ސަރުކާރުން ވަނީ ފަސް ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

- ކޮމެންޓް