ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 18:25
ދާދި ފަހުން ޕީއެސްޖީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ދާދި ފަހުން ޕީއެސްޖީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޕީއެސްޖީގެ މެޗު ފަސްކުރުން
ލީގުގައި ޕީއެސްޖީ ކުޅެން އޮތް ފުރަތަމަ މެޗު ފަސްކޮށްފި
އައު ސީޒަނުގެ ފްރެންޗް ލީގުގެ ކުޅުން ފެށީ މިދިޔަ ހުކުރު ދުވަހު
ޕީއެސްޖީ ވަނީ މިދިޔަ އާދީއްތަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކޮށްފައި

ފްރެންޗް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ކުޅެން އޮތް ފުރަތަމަ މެޗު ފަސްކޮށްފިއެވެ.

ކޮވިޑް-19 ގެ ބްރޭކަށްފަހު 167 ދުވަސް ފަހުން 2020-2021 ވަނަ އަހަރުގެ ސީޒަނުގެ ފްރެންޗް ލީގުގެ ކުޅުން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. މީގެ ކުރިން ހަދާފައި އޮތް ތާވަލުގައިވާ ގޮތުން ޕީއެސްޖީން ލީގުގެ ފުރަތަމަ މެޗުގައި މި ހަފުތާގެ ބުރާސްފަތި ދުވަހު ލެންސްއާ ދެކޮޅަށް ނުކުންނާނެއެވެ.

އެކަމަކު މިދިޔަ އާދީއްތަ ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ވާދަކުރިއިރު، އެޓީމަށް ވަގުތު ދިނުމުގެ ގޮތުން މިހާރު ވަނީ އެ މެޗު އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެހެންކަމުން ޕީއެސްޖީއަށް ވަނީ އައު ސީޒަނުގެ ލީގަށް ތައްޔާރުވުމަށް 12 ދުވަސް ލިބިފައެވެ.

އައު ސީޒަނުގެ ފްރެންޗް ލީގު ފެށިގެން ކުރިއަށްދާއިރު، ފްރެންޗް ލީގަކީ 2020-2021 ވަނަ އަހަރުގެ ސީޒަން އެންމެ ފުރަތަމަ ފެށި ލީގެވެ.

ޕީއެސްޖީގެ ފުރަތަމަ މެޗު ފަސްކުރިއިރު، މީގެ ކުރިން ފްރެންޗް ލީގު ހުޅުވާ މެޗުގައި މާސޭ އާއި ސެއިންޓް އެޓިއެން ބައްދަލުކުރަން އޮތް މެޗުވެސް ވަނީ ފަސްކޮށްފައެވެ. އެ މެޗު ފަސްކުރީ މާސޭއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކުއެވެ. އެލްއެފްޕީން މީގެ ކުރިން ވަނީ ކޮވިޑް-19 ގެ ކޮމިޓީއެއް އުފައްދާ، ލީގު ތާވަލަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

އައު ސީޒަންގެ ފްރެންޗް ލީގު ފަށައިގެން ކުރިއަށްދާއިރު، ޕީއެސްޖީއަށް މިދިޔަ ސީޒަނުގެ ޗެމްޕިއަންކަން ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ލީގު ކެންސަލް ކުރަން ނިންމުމާ ގުޅިގެންނެވެ. ފްރެންޗް ލީގަކީ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް