ކ. މާލެ
|
25 އޯގަސްޓް 2020 | އަންގާރަ 11:02
އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ބޭއްވި އެއްވުމުގެ ތެރެއިން
އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަނދާނުގައި ބޭއްވި އެއްވުމުގެ ތެރެއިން
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ހާލަތު
އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފި
މިއީ ޖެހިޖެހިގެން އެމެރިކާގައި ވައިރަސް ޖެހޭ މީހުން އަދަދު ދަށަށްދިޔަ ފަސް ވަނަ ހަފްތާ
ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވޭ
ފާއިތުވި ހަފްތާގައި އެމެރިކާގައި އަލަށް 297،000 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި

އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފަށައިފިއެވެ.

މިދިޔަ ހަފްތާގައި އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 17 އިންސައްތަ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ދަށަށް ގޮސްފައިވާއިރު މިއީ ޖެހިޖެހިގެން އެމެރިކާގައި ވައިރަސް ޖެހޭ މީހުން އަދަދު ދަށަށް ދިޔަ ފަސް ވަނަ ހަފްތާއެވެ.

ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު ޖުމްލަ 6700 މީހުން ވަނީ މަރުވެފައެވެ. އެއީ އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 9 އިންސައްތަ ދަށް އަދަދެކެވެ.

ފާއިތުވި ހަފްތާގައި އެމެރިކާގައި އަލަށް 297،000 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ޖުލައި މަހުގެ މެދުތެރެއިން ފެށިގެން އެމެރިކާގައި އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. ޖުލައި މަހުގެ މެދުތެރޭގައި އެމެރިކާގައި 468،000 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. މިހާރު ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު އުޅެނީ 50،000ގައެވެ. އެއީ ޖޫން މަހުގެ ކުރީކޮޅު އެގައުމުގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހުނު އަދަދެވެ.

އެމެރިކާގައި ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް 675،000 ޓެސްޓް ވަނީ ހަދާފައެވެ. ޖުލައި މަހު ޕީކުގައި އޮތްއިރު އެގައުމުގައި ދުވާލެއްގެ މައްޗަށް އަށްލައްކަ ޓެސްޓް ވަނީ ހަދާފައެވެ.

ޓެސްޓް ހަދާ މީހުންގެ ތެރެއިން 6.3 އިންސައްތަ ޕޮޒިޓިވްވެފައިވާއިރު އޭގެ ކުރީ ހަފްތާގައި ޕޮޒިޓިވްވެފައިވަނީ 7 އިންސައްތައެވެ. އަދި ޖުލައި މަހުގެ މެދުތެރޭގައި ޕޮޒިޓިވްވާ އިންސައްތަ އުޅުނީ 9 އިންސައްތައިގައެވެ.

މުޅި އެމެރިކާގައި ޕޮޒިޓިވްވާ ރޭޓް އެންމެ މަތީގައި އުޅެނީ ސައުތު ކެރޮލިނާ ގައެވެ. އެއީ 22 އިންސައްތައެވެ. އެއަށްފަހު ޓެކްސަސް އަދި ނެވަޑައެވެ. އެއީ 16 އިންސައްތައެވެ.

އެމެރިކާގެ 29 ސްޓޭޓެއްގައި ހަދާ ޓެސްޓްތަކުގެ ތެރެއިން ޕޮޒިޓިވްވާ އިންސައްތަ އުޅެނީ 5 އިންސައްތަ އަށްވުރެ މަތީގައެވެ. އެއީ ޑަބްލިޔުއެޗްއޯ އިން އެކަށައަޅާފައިވާ މިންވަރަށްވުރެ މަތީ އަދަދެކެވެ.

- ކޮމެންޓް