ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 17:20
މާލެ ވިޔަފާރި ބަނދަރު ސަރަހައްދު
މާލެ ވިޔަފާރި ބަނދަރު ސަރަހައްދު
އެމްޕީއެލް
ޖީޑީޕީ
ޖީޑީޕީ އެންމެ ބޮޑަށް ދަށަށް ދިޔަ ގައުމުތަކުގެ ލިސްޓުގެ 5 ވަނަގައި ރާއްޖެ
ރާއްޖެ އޮތީ 6.9 އިންސައްތަ ދަށްވުމަކާއެކު

ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ އިގްތިސާދަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އެންމެ ބޮޑަށް ދަށަށް ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "އެސްޓާ" އިން ވޯލްޑް ބޭންކާއި ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލުގެ މައުލޫމާތުގެ މައްޗަށް ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުން ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ނިސްބަތުން ޖީޑީޕީ އެންމެ ދަށްވި ގައުމުތަކުގެ ލިސްޓުގެ ފަސް ވަނައިގައި އޮތީ ރާއްޖެއެވެ. އެއީ 6.9 އިންސައްތަ ދަށްވުމަކާއެކު އެވެ.

މި ދިރާސާގެ ލިސްޓުގައި ހިމެނޭ ގިނަ ގައުމުތަކަކީ ފަތުރުވެރި ކަމަށް ބަރޯސާވާ ގައުމުތަކަށް ވާއިރު، ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކަން ވަނީ ގައުމުތަކުގެ ޖީޑީޕީ މީހާ ބޮޑަށް ދަށްވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އައި ހުއްޓުމާއި، ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރި ކަމަށް އައި ހުއްޓުމުގެ ސަބަބުން ކަމަށް ފާހަގަކޮށްފައެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ވެސް ބަންދުކޮށްފައ އޮތުމަށް ފަހު އަލުން ހުޅުވާލާފައިވާ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެއްކޮށް ހުއްޓިފައިވާ އިރު، ރިސޯޓްތަކަށާއި ސަފާރީތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އުންމީދު ކުރި ވަރާ ގާތަށް ވެސް ނާދެއެވެ.

އެސްޓާ އިން ހާމަ ކުރި ޖީޑީޕީ އެންމެ ބޮޑަށް ދަށްވި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭ އިރު، ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅު ނުވެއްޖެނަމަ ގައުމުގެ ޖީޑީޕީ މައިނަސް 11 އަށް ވެއްޓޭނެ ކަމަށާއި ގައުމުގެ އިގްތިސާދު ކުރިން އޮތް ހިސާބަށް ދެވޭނީ 2022 ގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް