ކ. މާލެ
|
14 އޭޕްރިލް 2017 | ހުކުރު 23:52
އިންދަރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
އިންދަރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
އަޒުމޫން އަހުމަދު
އައިޖީއެމްއެޗް
އައިޖީއެމްއެޗްގައި އާ ތިން ކްލިނިކެއް ހުޅުވަނީ
އިތުރު ހިދުމަތްތައް ތަޢާރަފް ކުރުމަށް ދަނީ މަސައްކަތް ކުރަމުން

އިންދަރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ދެމުން ގެންދާ ހިދުމަތް އިތުރުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގައި އާ ތިން ކްލިނިކެއް ހުޅުވުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިއޖީއެމްއެޗްގެ 22 ވަނަ އަހަރީ ދުވަހާއި އަދި ސިއްޙީ ހިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލުން ދެމުން ގެންދާތާ 69 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އިތުރު ހިދުމަތްތަކެއް އެ ހޮސްޕިޓަލުން ތަޢާރަފް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗް އިން އަލަށް ހުޅުވި ތިން ކްލިނިކަކަކީ

 1 ރީނަލް ޓްރާންސްޕްލާންޓް ކްލިނިކް

 2 ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ކްލިމިކް

3 ކުންފުނިތަކާއި އޮފީސް އަދި އެންޖީއޯތަކުގެ މުވައްޒަފުން ރަހިމްގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް

ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ރީނަލް ޓްރާންސްޕްލާންޓް ކްލިނިކްއަކީ ކްޑްނީ ބަދަލު ކުރެވިފަިއވާ މީހުން ޑޮކްޓަރަށް ދެއްކުމާއި އަދި ޓްރާންސްޕްލާންޓާ ގުޅޭ ކަންކަމުގައި ޑޮކްޓަރާއި މަޝްވަރާކޮށް ލަފާ ހޯދޭނެ ކްލިނިކެކެވެ. އަދި މި ކްލިނިކަށް ދެއްކުމަށް ރަޖިސްޓްރީ ކުރަން ފަށާނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށާއި އަދި ކްލިނިކް ފެށުމަށް ހަމަޖެހިފައި ވަނީ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ކްލިނިކް ހުޅުވުމަށް ހަމަޖެހިފައި ވަނީ 22 އެޕްރީލްގައެވެ. އަދި މި ކްލިނިކުން ހަފްތާއަކު އެއްފަހަރު ހިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ކުންފުނިތަކާއި އޮފީސް އަދި އެންޖީއޯތަކުގެ މުވައްޒަފުން ރަހިމްގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް ދޭ ހަފްތާއަކު އެއް ދުވަހު ކުންފުނި ނުވަތަ އޮފީހަކަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ގޮސްގެން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެި އތުރުން އައިޖީއެމްއެޗްގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި މިހާރު ވެސް އެ ހޮސްޕިޓަލުން ދެމުން ގެންދާ އެސްއެމްއެސް މެދުވެރިކޮށް ލެބޯޓްރީ ރިޕޯޓް ނިމުމުން އަންގައި ދިނުމުގެ ހިދުމަތުގެ އިތުރުން ލެބޯޓްރީ ރިޕޯޓް ނިމުމުން އީމެއިން މެދުވެރިކޮށް ފޯރުވައި ދިނުމުގެ ހިދުމަތް ވެސް ވަނީ ތަޢާރަފް ކޮށްފައެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް ރިޕޯޓް ބޭނުންވާނަމަ އީމެއިން އެޑްރެސް ހޮސްޕިޓަލުގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށާއި އަދި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލް އަށް ރިޕޯޓް ނިމުމުން އޮޓަމެޓިކުން ފޮނުވޭނެ ކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

- ކޮމެންޓް