ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 12:10
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 42.5 އިންސައްތަ ދަށްވެއްޖެ
ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 907.4 މިލިއަން ރުފިޔާ ލިބިފައިވޭ

ފާއިތުވި އަހަރާއި އަޅާ ބަލާ އިރު، މި އަހަރުގެ މިހާތަނަށް ދައުލަތަށް ޓެކުހުން ލިބުނު އާމްދަނީ 42.5 އިންސައްތަ ދައްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ޓެކުހުން ލިބިފައި ވަނީ 6.5 ބިލިއަން ރުފިޔާއެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކުހުން ސަރުކާރަށް ވަނީ 11.3 ބިލިއަން ރުފިޔާ ލިބިފައެވެ.

ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 907.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ފާއިތުވި އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށް ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ސަރުކާރަށް ވަނީ އެއް ބިލިއަން ރުފިޔާ ލިބިފައެވެ. އަދި އަދި ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 353.9 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 12.3 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ސަރުކާރަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓޫރިޒަމް ގުޑްސް އެންޑް ސާރވިސަސް (ޓީޖީއެސްޓީ) ގެ ގޮތުގައި ސަރުކާރަށް ވަނީ 1.7 ބިލިއަން ރުފިޔާ ލިބިފައެވެ.

ފިނޭންސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ސަރުކާރަށް ވަނީ ނުވަ މިލިއަން ރުފިޔާ ލިބިފައެވެ.

ރޯޔަލްޓީޒްގެ ގޮތުގައި ސަރުކާރަށް 21.9 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ސަރުކާރަށް ވަނީ 17.9 މިލިއަން ރުފިޔާ ލިބިފައި އެވެ. އަދި އަދި ގްރީން ޓެކުހުގެ ގޮތުގައި 292 މިލިއަން ލިބިފައިވާ އިރު، އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި ލިބިފައި ވަނީ 245.9 މިލިއަން ރުފިޔާއެވެ.

އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ނަންޓެކްސް ރެވެނިއުގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ސަރުކާރުގެ މުޅި އާމްދަނީ އުޅެނީ 7.10 ބިލިއަން ރުފިޔާގައެވެ. މިއީ ފާއިތުވި އަހަރު މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނު 15.5 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 54 އިންސައްތަ ދަށް އަދަދެކެވެ.

- ކޮމެންޓް