Advertisement
ކ. މާލެ
|
14 އޭޕްރިލް 2017 | ހުކުރު 22:08
އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވުމުގެ ރަސްމީއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
އދ އަތޮޅު ހޮސްޕިޓަލް
އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި
ހޮސްޕިޓލުގައި އެޑްމިޓްކޮށްގެން އެއްފަހަރާ 19 މީހުންނަށް ޚިދުމަތް ދެވޭނެ
އިތުރު ކުރި ބައިގެ ބިންގާ އެޅީ 2008 ގައި

އދ މަހިބަދޫގައި ހިންގާ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލަށް އިތުރުކުރި 3 ބުރީގެ އިމަރާތް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް ހުޅުއްވައި ދެއްވައިފިއެވެ.

މި އިމާރާތް ހުޅުއްވާ ދެއްވުމަށް މިނިސްޓަރ ނާޒިމް ވިދާޅުވީ އައިޖީއެމްއެޗް އާއި ރާއްޖޭގެތެރޭގެ ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން މިސަރުކާރުން ވަނީ އައިޖީއެމްއެޗްގައި އެމްއާރުއައި މަޝިނެއްވެސް ބަހައްޓައި ޚިދުމަތްދެމުން ކަމާއި އެއީ މިހައިތަނަށް އެއްވެސް ސަރުކާރަކުން ފޯރުކޮށްނުދޭ ޚިދުމަތެއްކަންވެސް މިނިސްޓަރ ނާޒިމް ވަނީ ފާހަގަކުރައްވައިފައެވެ.



2008   ވަނަ އަހަރު ބިންގާ އެޅި މިއިމާރާތް ހުޅުވުމުން މިހާރު އެ ހޮސްޕިޓލުގައި އެޑްމިޓްކޮށްގެން އެއްފަހަރާ 19 މީހުންނަށް ޚިދުމަތް ދެވޭނެއެވެ. އަދި ތަނުން ކުރިން ލިބެން ނެތް ބައެއް ޚިދުމަތްތައް އިތުރަށް ލިބުމުގެ އިތުރުން ތަނުގައި ޚިދުމަތް ދިނުމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

އދ އަތޮޅު ހޮސްޕިޓަލަކީ މަހިބަދޫ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުންވެސް މީހުން އައިސް ފަރުވާ ހޯދާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި މިހާރު ހަތް ޑޮކްޓަރުން ދަނީ ޚިދުމަތް ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް