ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 08:52
ވިޔަފާރި ބަނދަރުގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރަނީ -
ވިޔަފާރި ބަނދަރުގައި މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރަނީ -
ޔޫސުފް ސޮފްވާން ރަޝީދު
މުދާ ކްލިއާރ ކުރުން
ވިޔަފާރި ބަނދަރުގައި ހުރި ގިނަ ދުވަސްވީ މުދާތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހުސް ކުރުމަށް އަންގައިފި
ގިނަ އަދަދެއްގެ މުދާ ހުސްނުކޮށް އެބަހުރި
ހިފަހައްޓާފައިވާ މުދަލެއް ވާ ނަމަވެސް އެތަކެއްޗާއި މެދު ވަކިގޮތެއް ނިންމުމަށް ވަނީ އަންގާފައި
މުދާ ނުގެންދާނަމަ ނީލަމުގައި ވިއްކާލެވޭނެ

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެން ގޮސް ހުރި މުދާތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ވިޔަފާރި ބަނދަރުން ގެންދިޔުމަށް އަންގައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި ގިނަ އަދަދެއްގެ މުދާ އެ ބަނދަރުގައި ހުސްނުކޮށް އެބަހުރި ކަމަށެވެ.

އެމްޕީއެލުން ބުނީ ހޮނިހިރު ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިމުދާތައް ބަނދަރުން ހުސްކުރުމަށް އެދޭ ކަމަށެވެ. އަދި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާ ނަމަވެސް އެތަކެއްޗާއި މެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން އެ މުދަލެއް ހުސްކުރުމަށް ނުވަތަ ނައްތާލުމަށް މުދަލުގެ ވެރިފަރާތަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެމްޕީއެލުން ބުނީ މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ މިފަދަ މުދަލާއިމެދު އަމަލު ކުރުމަށް ކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެ ކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

- ކޮމެންޓް