ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 07:03
ކޮވިޑް-19 ޖެހިގެން މަރުވި މީހުންތަކެއް ބްރެޒިލްގައި ވަޅުލަނީ: ހާލަތު އަދި ވެސް ދަނީ ގޯސްވަމުން
ކޮވިޑް-19 ޖެހިގެން މަރުވި މީހުންތަކެއް ބްރެޒިލްގައި ވަޅުލަނީ: ހާލަތު އަދި ވެސް ދަނީ ގޯސްވަމުން
ޕްލެޓަފޯރމާ
ކޮވިޑް-19 ދުނިޔޭގެ ހާލަތު
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް
ފާއިތުވި ދެ ހަފްތާ ތެރޭގައި ދުވާލެއްގެ މައްޗަށް 5900 މީހުން މިބަލީގައި މަރުވެފައިވޭ
އެމެރިކާގައި 170،000 މީހުން މަރުވެގެން ރިޕޯޓްކޮށްފައިވޭ
މުޅި ދުނިޔޭގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ރޭޓް އުޅެނީ 3.5 އިންސައްތައިގައި

ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު އަށް ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ އެމެރިކާ، ބްރެޒިލް އަދި އިންޑިޔާއިންނެވެ. ރޮއިޓަރސްގެ ޓެލީން ދައްކާގޮތުގައި ފާއިތުވި ދެ ހަފްތާ ތެރޭގައި ދުވާލެއްގެ މައްޗަށް 5900 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އެއީ ގަޑިއިރަކަށް 246 މީހުންނެވެ. އަދި ކޮންމެ 15 ސިކުންތަކަށް އެކަކެވެ.

ކޮވިޑް-19 ޖެހިގެން ދުވާލަކު މަރުވާ މީހުންގެ އަދަދުތައް ހަ ލައްކައިން ހަތް ލައްކައަށް އެރިއިރުވެސް އަދި ހަތް ލައްކަ އިން އަށް ލައްކައަށްއެރި އިރުވެސް ހުރީ އެއްވަރެއްގައި ކަމަށް ރޮއިޓަރސްގެ ޓެލީން ދައްކައެވެ.

އެންމެ ގިނަ މީހުން މިބަލީގައި މަރުވަމުން އަންނަ އެމެރިކާގައި 170،000 މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެހެންނަމަވެސް އެމެރިކާގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ވަނީ ދަށަށްދާން ފަށާފައެވެ.

އިންޑިޔާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު 50،000ށް ވުރެ މައްޗަށް އަރާފައިވަނީ ހޯމަ ދުވަހުއެވެ. އެގައުމުގައި ވައިރަސް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މީގެ ފަސް މަސް ކުރިންނެވެ. އިންޑިޔާއަކީ ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެހެންނަމަވެސް އެގައުމުގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު މަދެވެ. އެގައުމުގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ރޭޓް އުޅެނީ 1.9 އިންސައްތައިގައެވެ. މުޅި ދުނިޔޭގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ރޭޓް އުޅެނީ 3.5 އިންސައްތައިގައެވެ.

އެމެރިކާ އާއި ބްރެޒިލްގައި މިބަލީގައި މަރުވާ މީހުންގެ ރޭޓް އުޅެނީ 3 އިންސައްތައިގަ އެވެ. ސިއްހީ މާހިރުން އަންނަނީ އެމެރިކާ އާއި ބްރެޒިލްގައި އަދިވެސް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ޚަރުދަނާ ޕްލޭނެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބްރެޒިލްގައި މިބަލީގައި މަރުވި މީހުންގެ އަދަދު އަށް ލައްކައަށް އަރާފައިވަނީ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. އެއަދަދުތައް އަދިވެސް އަންނަނީ މަތިވަމުންނެވެ. އެހެންނަމަވެސް ބްރެޒިލްގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް އަންނަނީ ހުޅުވާލަމުންނެވެ.

- ކޮމެންޓް