ކ. މާލެ
|
23 އޯގަސްޓް 2020 | އާދީއްތަ 07:45
ކުޑަކުއްޖެއް މާސްކު އަޅައިގެން
ކުޑަކުއްޖެއް މާސްކު އަޅައިގެން
ރާއްޖެއެމްވީ
ކޮވިޑް-19 އާގުޅިގެން މާސްކު އެޅުން
އުމުރުން 12 އަހަރުން މަތީ ކުދިން މާސްކު އަޅަންޖެހޭނެ: ޑަބްލިޔުއެޗްއޯ
އެކަކު އަނެކަކާ ދެމެދު 1 މީޓަރުގެ ދުރުމިން ނުހުންނަ ކަމަށްވާނަމަ 12 އަހަރުން މަތީގެ ކުދިންގެ މާސްކު އަޅަންޖެހޭނެ
އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން މާސްކު އަޅަން ނުޖެހޭނެ
ޓީޗަރުންގެ ތެރެއިން ބޮޑަށް ވައިރަސް ފެތުރޭ ހިސާބުގައި އުޅޭ ޓީޗަރުން މާސްކު އަޅަންޖެހޭނެ

ކުޑަކުދިންގެ ތެރެއިން 12 އަހަރުން މަތީގެ ކުދިން މާސްކު އަޅަންޖެހޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.

ކުޑަކުދިން މާސްކު އެޅުމާއި ގުޅޭގޮތުން ޑަބްލިޔުއެޗްއޯއިން ނެރެފައިވާ ގައިޑްލައިންގައި ބުނެފައިވަނީ ބޮޑަށް ވައިރަސް ފެތުރޭ ސަރަހައްދުތަކުގައި އުޅޭ ކުޑަކުދިން އަދި އެކަކު އަނެކަކާ ދެމެދު 1 މީޓަރުގެ ދުރުމިން ނުހުންނަ ކަމަށްވާނަމަ 12 އަހަރުން މަތީގެ ކުދިންގެ މާސްކު އަޅަންޖެހޭނެ ކަަމަށެވެ.

އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މާސްކު އެޅުމުގައި ބަލަންޖެހޭނީ އެކުދިން އުޅޭ ސަރަހައްދުގައި ވައިރަސް ފެތުރޭ މިންވަރަށާއި ހައި ރިސްކު މީހުންނާއި އެކުދިން ދިމާވާ މިންވަރަކަށެވެ. އެގޮތުން ހައި ރިސްކު މީހުންނާއި އެކުދިން ދިމާވާނަމަ އެއުމުރުގެ ކުދިންވެސް މާސްކު އަޅަންޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ. އަދި މާސްކު އެޅުމާއި ބޭލުމުގައި ބޮޑެތި މީހުން އެހީތެރިވެދޭން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިން މާސްކު އަޅަން ނުޖެހޭނެކަމަށްވެސް މިގައިޑް ލައިންގައި ބުނެފައިވެއެވެ.

މީގެއިތުރުން ޓީޗަރުންގެ ތެރެއިން ބޮޑަށް ވައިރަސް ފެތުރޭ ހިސާބުގައި އުޅޭ ޓީޗަރުން މާސްކު އަޅަންޖެހޭނެކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. މީގެތެރެއިންވެސް 60 އަހަރުން ދަށުގެ ސިއްހަތު ރަނގަޅު މީހުންނަށް ފޮތި މާސްކު އެޅިދާނެއެވެ. އެހެންނަމަވެސް 60 އަހަރުން މަތީ މީހުންނާއި ސިއްހީ ގޮތުން ހާލަތު ގޯސް މީހުން އަދި ހައިރިސްކު މީހުން އަޅަންޖެހޭނީ މެޑިކަލް މާސްކު ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ކޮވިޑް-19 ފެތުރޭ މިންވަރާއި ފެތުރޭ ގޮތާއި މާސްކު އެޅުން ފަދަ ކަންކަމުގައި ކަމާގުޅޭ ސައިންސްވެރިން އަދިވެސް އަންނަނީ ދިރާސާތައް ކުރަމުންނެވެ.

- ކޮމެންޓް