ކ. މާލެ
|
22 އޯގަސްޓް 2020 | ހޮނިހިރު 08:57
ނޭޕާލްގެ ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ޚާއްސަ ފިޔަވަޅުތަކާއެކު
ނޭޕާލްގެ ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ޚާއްސަ ފިޔަވަޅުތަކާއެކު
ޒިންހުއާނެޓް
ނޭޕާލްގެ ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް
ނޭޕާލުން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފަށަނީ
މިހާރު ވަނީ އެކެއް ސެޕްޓެންބަރަށް ފްލައިޓްތައް ޝެޑިއުލް ކުރެވިފައި
ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފަށަނީ މަދު ފްލައިޓްކާއެކު
ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން މާޗް މަހުގެ 22 ވަނަ ދުވަހު

ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލާފައިވާ ނޭޕާލްގެ ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ހަމަސް ފަހުން ފެށުމަށް ނިންމައިފިއެވެ.

އެގައުމުގެ ސަރުކާރުން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19އާ ގުޅިގެން މާޗް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މިހިނގާ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އަލުން ވައި ދަތުރުތައް ފެށުމަށް ވެސް ނިންމިއެވެ. ނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން މިހާރު ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އޮގަސްޓް 31 ވަނަ ދުވަހުއެވެ.

ސަރުކާރުގެ ތަރުޖަމާނު އަދި ފިނޭންސް ކޮމިއުނިކޭޝަންގެ މިނިސްޓަރު ޔުބްރާޖް ކަނިވާލާ ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހުޅުވުމާ ގުޅޭ ގޮތުން ހުކުރު ދުވަހު ކެބިނެޓްގެ ޚާއްސަ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި މިބައްދަލުވުމުގައި އެކެއް ސެޕްޓެންބަރުގައި ދަތުރުތައް ފެށުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ކަލްޗަރ ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަނުން ބުނީ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހުޅުވާލަން ނިންމުމާއެކު އެކެއް ސެޕްޓެންބަރަށް މިހާރު ވެސް ފްލައިޓްތައް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

ޚާއްސަ ފިޔަވަޅުތަކާއެކު ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފަށަނީ މަދު ފްލައިޓްކާއެކު އެވެ.

ނޭޕާލްގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހަމަސް ފަހުން އަލުން ހުޅުވަން ނިންމި ނަމަވެސް ބޭސްފަރުވާގެ ބައެއް ޚިދުމަތްތަކަށް މީގެ ކުރިން ޗާރޓެޑް ފްލައިޓްތައް ބޭއްވިއެވެ.

- ކޮމެންޓް