އިސްލާހީ ހަރަކާތަށް ތާއިދުކުރާ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ކުއްލި ގޮތަކަށް އެސްޓީއޯގެ ވަޒީފައިން ބުރާސްފަތި ދުވަހު ވަކިކޮށްފި އެވެ.
އެސްޓީއޯގެ ޓްރާސްޕޯޓް ސެކްޝަންގައި ވަޒީފާ އަދާކުރާ، ތ.ވިލުފުށީ އަހްމަދު މުސްތަގީމް (ގީމް) ވަޒީފާއިން ވަކިކުރީ ގޭގައި މަޑުކުރުމަށް އެންގުމަށް ފަހު، ބުރާސްފަތި ދުވަހު ހަވީރު އެވެ.
"ބުދަ ދުވަހުގެ ރޭ ދަންވަރު ގުޅާފައި ބުނީ ގޭގައި މަޑުކުރަން. ސަބަބެއް ނުބުނޭ، ބުރާސްފަތި ދުވަހުގެ ހަވީރު ގުޅާފައި ބުނީ ލިޔުމަކާ ހަވާލުވަން އަންނާށޭ. ދިޔައިރު އޮތީ ވަޒީފާއަށް ފިލައިގެން އުޅޭކަމަށް ބުނެ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން،" މުސްތަގީމް ރާއްޖެއެމްވީ އަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފިލައިގެން އުޅޭކަމަށް ބުނެ، ވަޒީފައިން ވަކިކުރުމަކީ ކަނޑައެޅިގެން އޮޅުވާލުމެކެވެ. ކޮންމެ ދުވަހަކު ވަޒީފާއަށް ނުކުންނަކަން ލިޔެކިޔުމުން ފެންނަން ހުންނާނެ ކަމަށާއި، ފަރުވާކުޑަވެގެން ނަސޭހަތެއް ވެސް، އިންޒާރެއް ވެސް މިހާތަނަށް ނެތް ކަމަށް މުސްތަގީމް ބުންޏެވެ.
"މިއީ އަހަރެން އިސްލާހީ ހަރަކާތަށް ސަޕޯޓްކުރާތީ ކުރި ކަމެއް. ވަޒީފާއިން ވަކިކުރިޔަސް، މި މަސައްކަތް ހުއްޓައެއް ނުލާނަން،" އޭނާ ބުންޏެވެ.
"ރިޒުގު ދެއްވާނީ މާތް ﷲ."
ވަޒީފާއިން ވަކިކުރި މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށައި ބަދަލު ހޯދަން ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މުސްތަގީމް ވަޒީފާއިން ވަކިކުރުމާއެކު ސޯޝަލް މީޑިއާގައި ދަނީ އެސްޓީއޯއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.
Siyaasee Gothun Hiyaal Thafaath vumakee Rayyithun nah Aniyaa veri vaan jehey sababei noon. Mi Amalu kuvveri kuran. https://t.co/EsRRyodqx1
— Ali Nizar (@DhekunuNizar) April 14, 2017
Aniyaaverikan Mekuhah?
— Nadhym (@mydanm) April 13, 2017
Haasnuvey Minjuvaane! Vettenee https://t.co/21mNIsox5F
މިކަމާ ގުޅޭ ގޮތުން އެސްޓީއޯގެ ބަހެއް އަދި ނުލިބެ އެވެ.
އިސްލާހީ ހަރަކާތުގައި ބައިވެރިވާ ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާއިރު، ޕީޕީއެމްގެ ކެމްޕޭނުތަކުގައި ސަރުކާރުގެ މުވައްޒަފުން ބޭނުންކުރާ ކަމަށް ވަރަށް ބޮޑަށް އަޑުތައް ވަނީ ފެތުރިފަ އެވެ.