ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 22:31
ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް- ޓެޑްރޯސް ވަނީ ޤައުމުތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައި
ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް- ޓެޑްރޯސް ވަނީ ޤައުމުތަކުން އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައި
ސީއެންބީސީ
ކޮވިޑް-19 ދުނިޔޭގެ ޙާލަތު
"އުއްމީދު ކުރެވެނީ 2 އަހަރެއްހާ ދުވަސް ތެރޭ ކޮވިޑް-19 ގެ ވަބާ ނެތިގެންދާނެކަމަށް"
ވައިރަސްއިން ރައްކާތެރިވެވޭނެ މަގުތައްވެސް ގިނަ
މިހާރުވެސް 22 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭ
8 ލައްކައަށްވުރެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވެފައިވޭ

ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 ބަލިމަޑުކަމުގެ ވަބާ ދުނިޔެއިން ނެތިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ހުކުރު ދުވަހު ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް ވިދާޅުވީ، 1918 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި "ސްޕެނިޝް ފްލޫ" ގެ ބަލިމަޑުކަންވެސް 2 އަހަރެއްހާ ދުވަސް ތެރޭގައި ނެތިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެހާރާ އަޅާބަލާއިރު މިހާރު ވައިރަސް ފެތުރިގެން ދިއުމުގެ މަގުތައް ގިނަކަން ފާހަގަ ކުރައްވައި ޓެޑްރޯސް ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާއިރު، ވައިރަސްއިން ރައްކާތެރިވެވޭނެ މަގުތައް ވެސް ގިނަ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ މަދު ކޭސްތަކެއް ފެނިފައިވާ ނުވަތަ އެއްވެސް ކޭސްއެއް ފެނިފައިނުވާ ޤައުމުތަކުންވެސް މިފަހަކަށް އައިސް ބަލީގެ އައުޓްބްރޭކްތައް ފެންނަމުންދާކަން ޓެޑްރޯސް ފާހަގަ ކުރެއްވިއެވެ. މިސާލެއްގެ ގޮތުން ޓެޑްރޯސް ވަނީ ނިއުޒިލޭންޑާއި، ވިއެޓްނާމް ފަދަ ޤައުމުތައް ފާހަގަ ކުރައްވާފައެވެ.

މުޅި ދުނިޔެއިން މިހާރުވެސް 22 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 8 ލައްކައަށްވުރެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވެފައިވެއެވެ.

- ކޮމެންޓް