ރާއްޖޭގެ އިތުރު ތިން ރަށަކުން ކޮވިޑް-19 ގެ ކޭސް ފެނިއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮފަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނީ ހުކުރު ދުވަހު ކޮވިޑް-19 ގެ ތިން ކޭސް ތިން ރަށަކުން ފެނިފައިވާ ކަމަށާއި، އެއީ އދ. އޮމަދޫއިން 58 އަހަރުގެ އަންހެނަކާއި، ރ. އިނގުރައިދޫ އިން 36 އަހަރުގެ އަންހެނެއްގެ އިތުރުން ކ. ގުޅިން 2 މަހުގެ ކުޑަކުއްޖެއް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް 6،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި ރާއްޖެއިން 25 މީހުން ވަނީ މަރުވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯދައިގެން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.