ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 13:47
ޗައިނާގައި މީހުން މާސްކު އަޅައިގެން މަގުމަތީގައި އުޅެނީ
ޗައިނާގައި މީހުން މާސްކު އަޅައިގެން މަގުމަތީގައި އުޅެނީ
ރޮއިޓަރސް
ކޮވިޑް-19: ޗައިނާގެ ހާލަތު
ޗައިނާ ތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާތާ ފަސްވަނަ ދުވަސް
ޗައިނާއިން މިހާރު ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރަނީ އެގައުމަށް އެތެރެވާ މީހުން
ޗައިނާއިން 84،917 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައި

ޗައިނާގެ ތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވާތާ ޖެހިޖެހިގެން ފަސް ދުވަސް ވެފައިވާކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާއިން އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްފެފައިވަނީ 22 މީހުންނެވެ. މިއެންމެންނަކީވެސް އެގައުމަށް އެތެރެވި މީހުންނެވެ. އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެގައުމުން ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ ހަތް މީހުންނެވެ.

ޗައިނާގެ ތެރެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްނުވާތާ ފަސް ދުވަސް ވެފައިވާއިރު، އޭގެ މާނައަކީ ޗައިނާގެ އެތެރޭގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ ކަމެވެ. އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ވުހާންއިން ވައިރަސް ކޮންޓްރޯކޮށް އޮތުމަށްފަހު، ކޭސްތައް ފެންނަން ފެށުމުން ވުހާންގެ މުޅި އާބާދީ ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފައެވެ. އަދި އޭގެ ފަހުން ވެރިރަށް ބެއިޖިންއިން ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުން ބެއިޖިންގެ މުޅި އާބާދީވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.

އެހެންނަމަވެސް ވައިރަސް ހަށިގަނޑުގައި ހުރިކަމުގައި ނިޝާނެއް ނުފެނި 23 މީހަކު ވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ފެނިފައެވެ. އޭގެކުރީ ދުވަހު 22 މީހުން ވަނީ މިގޮތަށް ވައިރަހަށް ޕޮޒިޓިވްވެފައެވެ. ހަށިގަނޑުގައި ވައިރަސް ހުރިކަމުގެ އަލާމާތްތައް ނުފެނި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ޖުމްލަ އަދަދުތަކެއް ޗައިނާއިން ހާމައެއް ނުކުރެއެވެ.

އޮގަސްޓް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޗައިނާއިން 84،917 (އަށްޑިހަ ހަތަރުހާސް ނުވަ ސަތޭކަ ސަތާރަ) މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި 4،634 މީހުން ވަނީ މަރުވެފައެވެ.

- ކޮމެންޓް