ކ. މާލެ
|
21 އޯގަސްޓް 2020 | ހުކުރު 05:27
ރައީސް ޓްރަމްޕްއާއި އެމަނިކުފާނުގެ ކުރީގެ އެޑްވައިސަރ ބެނަން
ރައީސް ޓްރަމްޕްއާއި އެމަނިކުފާނުގެ ކުރީގެ އެޑްވައިސަރ ބެނަން
ވޮޝިންގްޓަން ޓައިމްސް
ޓްރަމްޕްގެ ކުރީގެ އެޑްވައިސަރ ބެނަން
ޓްރަމްޕްގެ ކުރީގެ އެޑްވައިސަރ ބެނަންއަށް ޙިޔާނާތުގެ ދައުވާ!
މި ހަރަކާތުގައި 25 މިލިއަން އެމެރިކާ ޑޮލަރު އެއްކުރެވިފައިވޭ
މި މައްސަލައިގައި އިތުރު 3 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ
ދާދި އަވަހަށް ކޯޓުގައި ޝަރީއަތްތައް ކުރިއަށްދާނެ ކަމަށް ބުނެފައިވޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އެޑްވައިސަރ ސްޓީވް ބެނަން ހައްޔަރު ކޮށްފިއެވެ.

އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖީ) އާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ބެނަން ހައްޔަރު ކޮށްފައިވަނީ އެމެރިކާ-މެކްސިކޯ ދެ ޤައުމު ގުޅޭ ބޯޑަރު ސަރަޙައްދުގައި ފާރެއް ރޭނުމަށް ބޭނުންވާ ފަންޑް ރެއިސް ކުރުމަށް ބޭއްވި ހަރަކާތެއްގައި އެއްކުރެވުނު ފައިސާއާ ގުޅޭ މުއާމަލާތް ތަކުގައި އޮޅުވާލާފައިވާތީއެވެ. އެގޮތުން "ވީ ބިލްޑް ދި ވޯލް" ގެ ނަމުގައި ހިންގި މި ހަރަކާތުގައި 25 މިލިއަން އެމެރިކާ ޑޮލަރު އެއްކުރެވިފައިވާ ކަމަށް ޑީއޯޖީން ބުނެއެވެ.

ޑީއޯޖީން ބުނެފައިވާ ގޮތުގައި ބެނަން ވަނީ އޭގެ ތެރެއިން 1 މިލިއަން ޑޮލަރަށް ހިޔާނަތްތެރިވެ، އަމިއްލަ ބޭނުންތަކަށް އެ ފައިސާ ބޭނުން ކުރައްވާފައެވެ. އަދި ބެނަންގެ މައްޗަށް މިހާރު ދައުވާ ވެސް އުފުލާފައިވާއިރު، ދާދި އަވަހަށް ކޯޓުގައި ޝަރީއަތްތައް ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.

ބެނަންގެ އިތުރުން މި މައްސަލައިގައި އިތުރު 3 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އެކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އެ ޚަބަރު ލިބިވަޑައިގަތުމާއެކު ހިތާމަ ކުރެއްވި ކަމަށެވެ. އަދި ފައިސާގެ މުއާމަލާތްތަކަށް ޙިޔާނަތްތެރިވުމުގައި އެމަނިކުފާނުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ބެނަންއަކީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުން ޓްރަމްޕްއަށް ކާމިޔާބު ލިބިވަޑައިގަތުމުގެ ފަހަތުގައި އިސް ރޯލެއް ކުޅުއްވި ބޭފުޅެކެވެ. އަދި އެމެރިކާ-މެކްސިކޯ ދެ ޤައުމު ގުޅޭ ބޯޑަރު ސަރަޙައްދުގައި ބޮޑު ފާރެއް ރޭނުމަކީ ރައީސް ޓްރަމްޕްގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ.

- ކޮމެންޓް