ކ. މާލެ
|
20 އޯގަސްޓް 2020 | ބުރާސްފަތި 16:04
2016 ވަނަ އަހަރު އިންތިޚާބުކުރި ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ: އައު އިންތިޚާބު އަންނަ މަހު ބޭއްވުމަށް ވަނީ ނިންމާފައި
2016 ވަނަ އަހަރު އިންތިޚާބުކުރި ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ: އައު އިންތިޚާބު އަންނަ މަހު ބޭއްވުމަށް ވަނީ ނިންމާފައި
ޓޭބަލް ޓެނިސް އެސޯސިއޭޝަން
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު
ޓީޓީ އެސޯސިއޭޝަނުގެ ރައީސް ކަމަށް ތިން ބޭފުޅަކު ކުރިމަތިލައިފި
މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ވަނީ ހަމަވެފައި
ރައީސް ކަމަށް ތިން ބޭފުޅުން، ނައިބު ރައީސް ކަމަށް ދެ ބޭފުޅުން ވާދަކުރޭ
އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޓީޓީ އެސޯސިއޭޝަންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވެފައިވާއިރު، އެ އެސޯސިއޭޝަނުގެ އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދުގެ އިތުރުން އިތުރު ދެ ބޭފުޅަކު ވާދަކުރެއެވެ. އަދި ނައިބު ރައީސް ކަމަށްވެސް ދެ ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. ޓީޓީ އެސޯސިއޭޝަނުން ބުނީ މަގާމުތަކަށް ކުރިމަތިލި ބޭފުޅުންގެ މައުލޫމާތު ގަވާއިދުގައިވާ ގޮތުން އާދިއްތަ ދުވަހު ހާމަކުރާނެ ކަމަށެވެ.

މި އަހަރަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ އަހަރަށްވާއިރު، ގިނަ އެސޯސިއޭޝަންތަކުން މިހާރު ވަނީ އިންތިޚާބު ބާއްވާފައެވެ. ޓީޓީ އެސޯސިއޭޝަނަކީ ރައީސްގެ މަގާމަށް އެންމެ ގިނަ ބޭފުޅުން ކުރިމަތިލި އެސޯސިއޭޝަނެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، އިންތިޚާބު ބާއްވާނެ ގަޑި އާއި ބާއްވާނެ ތަނެއް ނިންމާނީ ހެލތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ބައިނަލްއަގުވާމީ ކުޅިވަރު މައިދާނުގައި ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން ކުރު މުއްދަތެއްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުޅިވަރަކީ ޓީޓީއެވެ. އެގޮތުން ޓީޓީގެ މިހާރުގެ ހިންގާ ކޮމިޓީން ވަނީ ބައިނަލްއަގުވާމީ މައިދާނުން ކުރިއެރުން ހޯދުމަށްޓަކައި ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި އަންހެން ޓީޓީ ޓީމު ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދިނުމެވެ. އަދި ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދާފައިވާއިރު، ސަރަހައްދީ ގިނަ މުބާރާތްތަކުގައި ޓީޓީ ކުޅުންތެރިން ވަނީ ވާދަކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް