ކ. މާލެ
|
19 އޯގަސްޓް 2020 | ބުދަ 13:08
މީގެ ކުރިން މާޒިޔާގެ މެޗެއްގެ ތެރެއިން މިޑްފީލްޑަރު މުޙައްމަދު އުމެއިރު
މީގެ ކުރިން މާޒިޔާގެ މެޗެއްގެ ތެރެއިން މިޑްފީލްޑަރު މުޙައްމަދު އުމެއިރު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
އުމެއިރު މާޒިޔާއަށް ބަދަލުވުން
އުމެއިރު މާޒިޔާއަށް ބަދަލުވެއްޖެ
މިއީ އުމެއިރު މާޒިޔާއަށް ބަދަލުވި ތިންވަނަ ފަހަރު
އުމެއިރު މާޒިޔާއާ ގުޅުނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން

މިޑްފީލްޑަރު މުޙައްމަދު އުމެއިރު އަނބުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެއެވެ.

މިއީ އުމެއިރު މާޒިޔާއަށް ބަދަލުވި ތިންވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ މާޒިޔާއަށް ކުޅުނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އެޓީމަށް ބަދަލުވެ، އޭނާ ވަނީ މާޒިޔާ އާއެކު ތިން ސީޒަން ހޭދަކޮށްފައެވެ.

މިދިޔަ ސީޒަނުގައި އުމެއިރު ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅުނުއިރު، މިފަހަރު އޭނާ މާޒިޔާއާ ގުޅުނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް މީގެ ކުރިން ކުޅެފައިވާ އުމެއިރު ވަނީ އެޓީމާއެކު 2011 ވަނަ އަހަރުގެ އެފްއޭ ކަޕާއި، 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕާއި، 2016 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އިތުރުން، 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސްގެ އިތުރުން އުމެއިރު މީގެ ކުރިން ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ވީބީ ސްޕޯޓްސް ކުލަބު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.

މިޑްފީލްޑަރު މުޙައްމަދު އުމެއިރު މާޒިޔާއަށް ސޮއިކުރުމަށްފަހު ޖާޒީ ދައްކާލަނީ

އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން އުމެއިރުގެ ސޮއި ހޯދިއިރު، އެޓީމުން އަންނަނީ އެޓީމުގެ ކުޅުންތެރިންގެ އެއްބަސްވުން އާކޮށް، އައު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޓީމުގެ ޑިފެންޑަރު މުޙައްމަދު އަބްދުﷲ (ލިލީ) އާއި ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ވެސް ވަނީ އަންނަ ސީޒަނުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. އަދި މާޒިޔާގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ގެނައުމުގެ މަސައްކަތްވެސް މާޒިޔާއިން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން މާޒިޔާއިން ވަނީ އޭއެފްސީ ކަޕަށް ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ގެ ސޮއި ހޯދައިފައެވެ.

މިފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ފަހަނައަޅައި ގްރޫޕް ސްޓޭޖުން މާޒިޔާ ޖާގަ ހޯދާފައިވާއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގައި އެގައުމުގެ ޗެންނާއި ސިޓީ އެފްސީއާ މާޒިޔާ ވަނީ 2-2 ން އެއްވަރުކޮށްފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ރާއްޖޭގައި ކުޅޭ ގޮތަށް ނިންމާފައިވާއިރު، ފުރަތަމަ މެޗުގައި މާޒިޔާ ނުކުންނާނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް